
އެފްއޭއެމް ނަވާރަ އަހަރުން ދަށުގެ “ޔޫތު ލީގު 2025″ގައި އިއްޔެ ރޭ ކްލަބް އީގަލްސްއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މެޗުން މާޒިޔާ މޮޅުވުމާއެކު 14 އަހަރަށް ފަހު ޔޫތު ލީގު މާޒިޔާއިން ކާމިޔާބުކޮށްފިއެވެ. ގަލޮލު ދަނޑުގައި ކުޅުނު މެޗް މާޒިޔާ ކާމިޔާބުކޮށްފައިވަނީ 1-6 ގެ ނަތީޖާއަކުންނެވެ. މެޗުގެ 5 ވަނަ މިނެޓްގައި އީީގަލްސްއަށް ލީޑު ނަގައިދީފައިވަނީ އެ ޓީމުގެ އަޝްހަމް އިބްރާހިމްއެވެ. މާޒިޔާގެ ޑިފެންޑަރުންގެ ދެމެދުން އީގަލްސްގެ ކެޕްޓަން ޝަމްހާން ދުއްވާލި ބޯޅަ ހަމަޖެހިލައިގެން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ފޮނުވާލައިގެން މެޗުގެ ފުރަތަމަ ލަނޑު އައްޝަމް ކާމިޔާބުކުރިއެވެ.
ފުރަތަމަ ހާފް ނިމިގެން ދިޔައިރު، ދެ ޓީމުގެ ކުޅުން ވެސް ވަރަށް ހަމަހަމައެވެ. ދެވަނަ ހާފު ފެށިގެން 5 މިނެޓު ނުވެ މާޒިޔާއަށް ނަތީޖާ ހަމަހަމަވީ އެ ޓީމުގެ ކެޕްޓަން އީދާން އަހުމަދު މޫސާ ބޮލުން ކާމިޔާބުކުރި ލަނޑަކުންނެވެ. މެޗުގެ 65 ވަނަ މިނެޓްގައި މާޒިޔާއަށް ކުރި ހޯދައިދިނީ އަބްދުﷲ އަނޫފްއެވެ.
މާޒިޔާގެ ތިންވަނަ ލަނޑު ވެސް ޖަހައިދިނީ އަނޫފްއެވެ. 86 ވަނަ މިނެޓްގައި މާޒިޔާގެ ލީޑް އިތުރަށް ފުޅާކޮށް އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނައްސާހް އިބްރާހިމެވެ. މެޗް ނިމެން އުޅެނިކޮށް މާޒިޔާގެ ފަސް އަދި ހަވަނަ ލަނޑު ޖަހާދީފައިވަނީ އިލާން އިމްރާންއެވެ. މި ދެ ލަނޑާއެކު އޭނާ ވަނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅިންތެރިޔަކަށް ހޮވިފައިވަނީ މާޒިޔާގެ އަނޫފް އަބްދުﷲއެވެ. މާޒިޔާ މި މުބާރާތް ކާމިޔާބުކޮށްފައިވަނީ އެއްވެސް މެޗަކުން ބަލިނުވެ، ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާފައިވާއިރު، އެންމެ ޑިފެންސް ރަނގަޅު ޓީމަކީ ވެސް މާޒިޔާކަން ފާހަގަކުރެެވެއެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ މާޒިޔާގެ އިބްރާހިމް ސައީދު (ކަކާ) އެވެ. އަދި 9 ލަނޑާއެކު މާޒިޔާގެ އީލާން ވަނީ މުބާރާތުގެ ރަން ބޫޓު ކާމިޔާބުކޮށްފައެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އޮޑި ސްޕޯޓްސް ކްލަބްއެވެ.
މި މުބާރާތުގެ އެންމެ މޮޅު އެގާރަ ކުޅުންތެރިން (ޑްރީމް ޓީމް) ވެސް ވަނީ ހޮވާފައެވެ.
- އިލާން އިމްރާން – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އަނޫފް އަބްދުﷲ – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އަހުމަދު ހަމީޝް އަރީފް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އަލްސަން އިބްރާހިމް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އީދާން އިބްރާހިމް – މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- މުހައްމަދު ރަވާޢު – އޮޑި ސްޕޯޓްސް ކްލަބް
- ނާއިލް ޔޫސުފް – ޓީސީ ސްޕޯޓްސް
- ޢަޝްހަމް އިބްރާހިމް މުހައްމަދް – ކްލަބް އީގަލްސް
- މުހައްމަދް އައިމަން ހަސަން – ކްލަބް އީގަލްސް
- މުހައްމަދު ޝަމްހާން – ކްލަބް އީގަލްސް
- ޒަހްރާން ހަސަން – ކްލަބް އީގަލްސް
މިއީ ޔޫތު ލީގުގެ ތާރީޚުގައި ވެސް، މާޒިޔާއިން މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މާޒިޔާއިން މުބާރާތް ކާމިޔާބުކޮށްފައިވަނީ 2011 ވަނަ އަހަރުއެވެ. އެއީ ޔޫތް ލީގު ތަޢާރަފް ކުރި އަހަރެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
