
“ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި “އަދަދު” ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ ހިމެނިއްޖެއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަޅަން ފެށި 4،000 ފްލެޓް ލިބޭ ކަމަށް ކުރިން އިއުލާން ކުރި ލިސްޓް ރިވިއުކޮށް އޭގެ ތެރެއިން ޝަރުތު ހަމަވާ ކަނޑައަޅާފައިވަނީ 1،820 މީހެކެވެ. އޭގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވެ، ލިސްޓުގައި ހިމެނެނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވެ، ލިސްޓްގައި ހިމެނެނީ 397 މީހެކެވެ. ފްލެޓު ލިބޭ މީހުންގެ ތެރޭގައި ފިޔާޒް ވެސް ހިމެނެއެވެ.
ފިޔާޒްގެ “އަދަދު” ނޫހަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅު އަދި ވަރަށް ބޮޑަށް އެ ސަރުކާރަށް ފާޑު ކިޔަމުން އަންނަ ނޫހެކެވެ. އަދި ފިޔާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދިމާކޮށ،ް ވަރަށް ހުތުރުކޮށް މީސް މީޑިއާގައި ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. ފްލެޓު ލިސްޓުގައި 2،695 މީހެއްގެ ފޯމް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވެއެވެ. އަދި 424 މީހެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެމީހުން އުނިވެފައެވެ. ފްލެޓު ލިސްޓުގައި ޝަރުތު ހަމަނުވާ މީހުންނަށް އެހެން ދިމާވީ ކީއްވެކަން ހިމަނާފައިވެއެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް މި ސަރުކާރުން ފްލެޓް ދީފައިވަނީ ސަރުކާރުން ބޭނުންވާ މީހުންނަށް ކަމަށެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރާ މީހުން ބުނަނީ ފިޔާޒް މެން ފަދަ މީހުންނަށް ފްލެޓު ލިބުމަކީ ފްލެޓު ލިސްޓަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމުގެ ވަރުގަދަ ހެއްކެއް ކަމަށެވެ. “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު ނެރުމުގައި ޒައްރެއްގެ މިންވަރުގެ ނުފޫޒެއް ވެސް ނޯންނާނެ ކަމަށާއި މިއީ މިހާތަނަށް ނެރުނު ލިސްޓުތަކުގެ ތެރެއިން އެންމެ އިންސާފުވެރިކޮށް ނެރުނު ލިސްޓް ކަމަށް ރައީސް ޑރ. މުއިއްޒު ރޭގައި ވަނީ ވިދާޅުވެފައެވެ.
ފިޔާޒްއަކީ ކުރިން ވަރުގަދަ ނޫސްވެރިއެކެވެ. ނޫސްވެރިކަމުގެ ހަޔާތް އެންމެ ފުރަތަމަ ފެއްޓެވީ 2000 ވަނަ އަހަރު “މިއަދު” ނޫހުންނެވެ. އޭގެ ފަހުން “އާފަތިސް” ނޫހާއި “ހަވީރު” ނޫހުގައި މަސައްކަތް ކުރެއްވިއެވެ. ފިޔާޒް އެންމެ ބޮޑަށް ވިދާލީ ރާއްޖެ ޓީވީގައެވެ. ސޯލިހްގެ ވެރިކަމުގައި ފިޔާޒް ވަނީ އިންފޮމޭޝަން ކޮމިޝަނަރުކަން ވެސް ކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
