
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ސަރުކާރުން ދޫކުރާ 4،000 ފްލެޓަށް ޝަރުތު ހަމަވީ 1،820 މީހުން ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތިން ކޮޓަރީގެ ލިސްޓުގައި 75 ޕޮއިންޓުން މަތިން ލިބިފައިވާ ލިސްޓްގައިވަނީ 3،721 ފަރާތެއް ކަމަށެވެ. ތިން ކޮޓަރީގައި 2،759 ފްލެޓް އިމާރާތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިއުލާނުކުރެވުނު ދެކޮޓަރީގެ ލިސްޓުގައި ވަނީ 73 ޕޮއިންޓް ލިބިފައިވާނަމަ ފްލެޓް ލިބޭނެ ކަމަށާއި 73 ޕޮއިންޓުން މަތިން ލިބިފައިވާ 1،218 ފަރާތެއް ލިސްޓްގައި ހިމެނިފައިވާ ކަމަށް މުއްތަލިބް ވިދާވިއެވެ. މިހާރު ކުރިއަށްދާ 4000 ފްލެޓްގެ ދަށުން އިމާރަތްކުރެވެނީ ދެ ކޮޓަރީގެ 1،250 ފްލެޓް ކަމަށް ވިއޭނާ ދާޅުވިއެވެ. އެހެންކަމުން ވެރިފިކޭޝަން ކުރިއަށް ގެންދިޔަ ލިސްޓުގައި ހިމެނެނީ ޖުމްލަ 4،939 ފަރާތެއް ކަމަށް މުއްތަލިބް ވިދާޅުވިއެވެ
އެ ވެރިފިކޭޝަންގެ ތެރެއިން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އިއުލާނުގެ ކުރި ތިން ކޮޓަރީގެ ލިސްޓުން 65 ޕޮއިންޓް ނުލިބޭ އެއްވެސް ފަރާތެއްގެ ފޯމު ބަލައި ޗެކްކޮށްފައެއް ނުވާނެ ކަމަށާއި ދެ ކޮތަރީގެ ލިސްޓުން 73 ޕޮއިންޓް ނުލިބޭ އެއްވެސް ފަރާތެއްގެ ފޯމު ޗެކްކޮށްފައެއް ނުވާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
