
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން، މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ބާރުގަދަ ދެ ކޮމިޓީން ވަކިކޮށް މަޖިލިހުގެ އެހެން ދެ ކޮމިޓީއަކަށް ބަދަލު ކުރަން މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ގިނަ މެމްބަރުން ގޮވާލައްވައިފިއެވެ. އަޒާން އާއި ޕީއެންސީގެ މެމްބަރުންނާ ހިޔާލު ތަފާތުވުންތަކެއް އުފެދިގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެއެވެ. އެ ހިޔާލު ތަފާތުވުން ބޮޑުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކޮށް، ދެ ފަނޑިޔާރެއް މަގާމުން ވަކި ކުރަން ލާޒިމްވާ ގޮތަށް ރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ. އަޒާން ވަނީ އެ ބިލާ ގުޅޭ ގޮތުން ނެގި ދެ ވޯޓެއްގައި ވެސް ބައިވެރިވެވަޑައިނުގެން ތްރީލައިން ވިޕާ ހިލާފުވެވަޑައިގެންފައެވެ.
އެހެންވެ، އަޒާންއާ މެދުގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޕީއެންސީގެ ގިނަ މެމްބަރުން ގަބޫލު ކުރައްވައެވެ. އަޒާންގެ އަމަލުތަކާ މެދުގައި ހިތްހަމަޖެހިވަޑައިނުގެން ޕީއެންސީގެ ވަރަށް ގިނަ މަޖިލިސް މެމްބަރުން ވަނީ އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ވެސް ހިއްސާ ކުރައްވައިފައެވެ. އަޒާން މިވަގުތު ހިމެނިވަޑައިގަންނަވަނީ މަޖިލިހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީގައެވެ. އެއީ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައެވެ. މި ދެ ކޮމިޓީގައި ސިޔާސީ ގޮތުން ތަޖުރިބާކާރު ވަރަށް ގިނަ މެމްބަރުން ތިއްބަވައެވެ.
އޭގެ ތެރޭގައި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް، ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މެން ފަދަ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.
ޕީއެންސީގެ ބައެއް މެމްބަރުން ވިދާޅުވީ ޕީއެންސީގެ ލީޑަޝިޕުން ނިންމާ ނިންމުންތަކާއި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ނިންމުންތަކާ ދެކޮޅަށް އަމަލު ކުރައްވާ ބޭފުޅުންނާ މެދުގައި ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެއީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.
“ފިޔަވަޅު ނާޅާ އޮވެއްޖެ ނަމަ، މާދަމާ އަނެއްކާ ވެސް އެހެން ނިންމުމަކާ ހިލާފުވާނީ. މިއީ ޕާލަމެންޓްރީ ގްރޫޕް އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބުމަށް ވެސް އަޅަން ޖެހޭ ފިޔަވަޅުތަކެއް. އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުއިއްޒުގެ ވެރިކަން ދިފާއު ކުރަން ކޮންމެ ފަދަ ކަމެއް ވެސް ކުރަން ތައްޔާރަށް. އެހެންވީމަ މި ޓީމުގައި ތިބެން ވާނީ އެއްކޮޅަށް ކުޅޭނެ ކުޅުންތެރިން. އިދިކޮޅު ޓީމަށް ކުޅެދީ މޮޅުކޮށްދޭނެ ކުޅުންތެރިންނެއް ނޫން،” ޕީއެންސީގެ މެމްބަރަކު ވިދާޅުވިއެވެ.
ޕީއެންސީގެ އެހެން މެމްބަރަކު ވިދާޅުވީ އެ ޕާޓީގެ ތްރީލައިން ވިޕާ ހިލާފުވުމާ ގުޅިގެން މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީން އަޒާން ބޭރުކޮށް، އާދައިގެ ކޮމިޓީތަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި އިހްލާސްތެރި، ތެދުވެރި މެމްބަރުންނަށް އެ ކޮމިޓީތަކުން ޖާގަ ދެއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. “241 ކޮމިޓީއަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެތައް ސިއްރެއް ހާމަވާނެ ކޮމިޓީއެއް. މާލިއްޔަތު ކޮމިޓީއަކީ މާލީ ކަންކަމާ ގުޅޭ ގިނަ މައުލޫމާތުތަކެއް އެނގޭނެ މަޖިލިހުގެ އެންމެ މުހިންމު އެއް ކޮމިޓީ. މި ދެ ކޮމިޓީގައި ޕީއެންސީގެ ނިންމުންތަކާ ދެކޮޅު ބޭފުޅުން ތިއްބަވަން ނުޖެހޭ.” އެ މެމްބަރު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކޮށް، ދެ ފަނޑިޔާރެއް މަގާމުން ވަކި ކުރަން ލާޒިމްވާ ގޮތަށް ރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވާ އަޒާން ބިލް ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އަދި އިއްޔެ ބިލް ފާސް ކުރުމާ މެދުގައި ގޮތެއް ނިންމުމަށް ނެގި ވޯޓުގައި ވެސް ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ގިނަ ބަޔަކަށް ސަމާލުކަން ލިބުނީ ބިލް ފާސްކުރަން ވޯޓަށް އެހި ގަޑީގައި އަޒާން މަޖިލިހުގެ ތަޅުން ދޫކުރައްވައި ވަޑައިގަތުމުންނެވެ. ހޮޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސްކުރީ ރޯލް ކޯލް ވޯޓަކަށް ގޮސްގެންނެވެ. މި ބިލް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 68 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލް ފާސް ކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރުން ވޯޓު ދެއްވިއެވެ.
އެ ބިލު ބަލައިގަންނަން ވޯޓު ނުދެއްވި މެމްބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީއެންސީން ބުނެފައި އޮއްވާ, އަޒާން ވަނީ ޕާޓީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް އިއްޔެ ބޭރުކޮށްފައެވެ. މި ގްރޫޕުގައި ރައީސް ޑރ. މުއިއްޒު ވެސް އިންނަވައެވެ. އެކަމާ ގުޅިގެން އަޒާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ތާއީދު ނުކުރެއްވީ އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށްވާތީ ކަމަށެވެ. އެ ބިލާ ދެކޮޅުވި ކަމުގައި ވިޔަސް، ސަރުކާރާ އެކީގައި ދެމިހުންނެވި ކަމަށާއި ދާއިރާއަށް ގެންނަން ޖެހޭ ތަރައްގީ ގެނައުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
