
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ލާމަރުކަޒީ ނިޒާމު ބާރުވެރިކޮށް، އެ ނިޒާމު ކުރިއެރުވުމަށްޓަކައި އެމަނިކުފާނު ފެއްޓެވި މަސައްކަތްޕުޅު ހުއްޓާނުލައްވައި ކުރިޔަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް ފެށި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އަދި ރަށްރަށަށް ދަތުރުކޮށް، ކައުންސިލްތަކުގެ އަޑުއަހައި، ރައްޔިތުންނާ ބައްދަލުކޮށް، ހާލަތު ދެނެގަތުމަށް މަސައްކަތްކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.
“ރަށްރަށަށް ދަތުރުކޮށް، ކައުންސިލްތަކުގެ އަޑު ސީދާ އަހައި، ރައްޔިތުންނާއި ގާތުން ބައްދަލުވެ، ހާލަތު ލޮލުން ދެކި، ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް އަޅުގަނޑު ފެށި މަސައްކަތް ހުއްޓުމެއް ނެތި އިންޝާﷲ ދާނީ ކުރިޔަށް.” ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ މިހާތަނަށް ރާއްޖޭގެ އެންމެ ކައުންސިލެއް ފިޔަވައި ހުރިހާ ކައުންސިލްތަކާ ބައްދަލުކުރައްވާފައެވެ. ބައެއް ކައުންސިލްތަކާ އެއް ފަހަރަށްވުރެ ގިނަ ފަހަރު ބައްދަލުކުރައްވާފައިވާއިރު، މި ބައްދަލުވުންތަކުގެ މައިގަނޑު މަގްސަދަކީ ކައުންސިލްތަކުގެ ހާލަތު ދެނެގަނެ، ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމެވެ. މިގޮތުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބައެއް ކައުންސިލްތަކުން އެދުނު ކަންކަން ވަނީ ހާސިލްކޮށްދެއްވާފައެވެ. ކައުންސިލްތަކުގެ އިޚްތިސާސް ފުޅާކުރުމަށްވެސް ސަރުކާރުން ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން މި ފަހުން ރ.މަޑުއްވަރީގެ އިހްތިސާސްގައި އުފުލަންދޫ، އަދި އެ އަތޮޅު މީދޫގެ އިޚްތިސާސްގައި ތާވަތާ ހިމަނުއްވައި ދެއްވާފައިވެއެވެ. އަދި ހައްދުންމަތީ ގަމުގެ އިޚްތިސާސްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.
މާލީ ގޮތުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމަށް ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އޭގެ ތެރޭގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރަމަޟާންމަހުގެ އިނާޔަތް ލިބޭނެގޮތް ހަމަޖެއްސެވުން ހިމެނެއެވެ. މި ބަދަލާ ގުޅިގެން މި ރަމަޟާންމަހުން ފެށިގެން ކޮންމެ އަހަރަކުވެސް އެ ކޮމިޓީތަކަށް ރަމަޟާންމަހުގެ އެލަވަންސް ލިބޭނެއެވެ. ކައުންސިލްތަކުން އިގްތިސާދީ މަސައްކަތްކުރުމަށް ފަޅުރަށް ދޫކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ. މިހާތަނަށް 3 ކައުންސިލަކަށް 4 ފަޅުރަށް ދޫކުރެވިފައިވާއިރު، އިތުރު 5 ކައުންސިލަކުން 7 ރަށެއް ހޯދުމަށް ހުށަހަޅާފައިވެއެވެ. މި ފުރުސަތުގައި ވަރަށް ގިނަ ކައުންސިލްތަކުން ފަޅުރަށްތައް ހޯދުމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.
ހާލަތު ދަށް ކައުންސިލްތަކަށް ޚާއްޞަކޮށްގެން އައު އިމާރާތްތައް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ. މިގޮތުން 105 ކައުންސިލް އިދާރާ އެޅުމަށް ނިންމަވާފައިވާއިރު، ބައެއް ކައުންސިލްތަކުގެ އިމާރާތް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކައުންސިލްތަކުގެ 71 އިންސައްތަ މުޅިން އައު ކައުންސިލް އިމާރާތްތަކަށް ބަދަލުކުރުމެވެ. މި ހުރިހާ މަސައްކަތްތަކަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރަށްރަށުގެ ތަރައްޤީއަށް މަގުފަހިކުރުމަށް ކުރެވޭ މަސައްކަތްތަކެކެވެ. ސަރުކާރުން މި ދާއިރާއަށް ދެއްވާ އަހައްމިއްޔަތުކަން މި މަސައްކަތްތަކުން ފެންނަން އެބަހުއްޓެވެ. ރައީސް މުޢިއްޒުގެ ވިދާޅުވުމުގައިވާ ގޮތުން، މި މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
