
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހައްޖަށް ގެންދިއުމަށް ލިބެނީ 1،000 ކޯޓާ ކަމަށާއި އެ ކޯޓާތައް ބެހުމުގައި އަމަލުކުރަނީ އުސޫލާ އެއްގޮތަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ލިޔުމުން ޖަވާބު ހޯދެއްވުމަށް ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. މައުރޫފް އެއްސެވީ ހައްޖަށް ދިއުމަށްޓަކައި ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ރާއްޖެއަށް ދޫކުރަނީ ކިތައް ކޯޓާތޯ އާއި ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ ދޭ ފަރާތްތައް ކަނޑައެޅުމުގައި އެ ކޯޓާ ދެނީ އެންމެ ހައްގުވެރި ފަރާތްތަކަށްކަން ކަށަވަރުކުރުމުގައި އަމަލުކުރާނެ އުސޫލެއް އޮވޭތޯއެވެ.
އަދި ސައުދީ ސަރުކާރުން ދޫކުރާ ކޯޓާގެ ތެރެއިން ސަރުކާރާއި ހައްޖު ކޯޕަރޭޝަނާއި މިނިސްޓްރީގެ ބޭނުމަށް ކޯޓާ ކަނޑައަޅަނީ ކޮން އުސޫލަކަށް ރިއާޔަތްކޮށްގެންތޯ ވެސް މައުރޫފް ވަނީ ސުވާލުކުރައްވާފައެވެ. އެ ސުވާލުތަކުގެ ޖަވާބު މަޖިލީހުގެ ރިޔާސަތުން ވަނީ އިއްވައިފައެވެ. ޝަހީމް ވިދާޅުވީ ހައްޖުގެ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭ ގޮތުން ރާއްޖެ އާއި ސައުދީއާ ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބެނީ 1000 ކޯޓާ ކަމަށެވެ. އަދި ރާއްޖެއިން މީހުން ހައްޖަށް މީހުން ގެންދިއުމާއި ބެހޭ އުސޫލައި އަމަލުކުރަންވީ ގޮތް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ސައުދީ ސަރުކާރުން ދޫކުރާ ކޯޓާގެ ތެރެއިން ސަރުކާރާއި ހައްޖު ކޯޕަރޭޝަނާއި މިނިސްޓްރީގެ ބޭނުމަށް ކޯޓާ ކަނޑައަޅާފައިވަނީ ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލާއި އެއްގޮތަށް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
