
ޕާކިސްތާންގައި މިއަހަރު ބާއްވަން މަސައްކަތްކުރި ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވަން ނިންމައިފއެވެ. ސާދަ ވަނަ ސައުތު އޭޝިއަން ގޭމްސްގެ އާ ތާރީޚު ފައިނަލްކޮށްފައިމިވަނީ މިދިޔަ ހޯމަ ދުވަހު ޕާކިސްތާންގެ ލާހޯރުގައި ކުރިއަށްދިޔަ ދެކުނު އޭޝިއާގެ އޮލިމްޕިކް ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ގޭމްސް ބާއްވާނެ އާ ތާރީޚު ކަނޑައެޅުމުގެ އިތުރުން ގޭމްސްގައި ކުރިއަށްދާނެ ކުޅިވަރުތައްވެސްވަނީ ފައިނަލްކޮށްފައެވެ. ކުރިން މިއަހަރުގެ ފެބްރުއަރީ މަހު ބާއްވަން ތާވަލްކުރި ގޭމްސް މިހާރު ބާއްވަން ނިންމާފައިވަނީ ޖެނުއަރީ 23 އިން 31އަށެވެ. ގޭމްސްގެ އިވެންޓުތައް ކުރިއަށްދާނީ ޕާކިސްތާންގެ އިސްލާމްއާބާދު، ފައިސަލްއާބާދު އަދި ލާހޯރުގައެވެ.
ދެކުނު އޭޝިއާގެ އޮލިމްޕިކް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެވަޑައިގެންނެވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަހުމަދު މުންތަގިމް އާއި ސެކެޓްރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދުއެވެ. ސާދަ ވަނަ ސައުތު އޭޝިއަން ގޭމްސްގައި ޖުމްލަ 27 ކުޅިވަރެއްވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެއިން ވާދަކުރާނެ ކުޅިވަރުތައް ފައިނަލް ކުރާނީ ކަމާ ގުޅުންހުރި އެސޯސިއޭޝަންތަކާ މަޝްވަރާކުރުމަށްފަހުގައެވެ. މިފަހަރު ހިމެނުނު ކުޅިވަރުތަކަށް ބަލާއިރު، މުޅިން އަލަށް ބިލިއާޑް އަދި ސްނޫކަރ ހިމަނާފައިވާއިރު، ބީޗް ހޭންޑްބޯޅަވެސް މިފަހަރު ވަނީ ހިމަނާފައެވެ. ގޭމްސްގައި ދެން ހިމަނަން ނިންމާފައިވާ ކުޅިވަރުތަކަކީ ފެތުން، އާޗަރީ، އެތުލެޓިކްސް، ބެޑްމިންޓަން، ބޮކްސިން، ފެންސިން، ގޮލްފް، ޖޫޑޯ، ކަރާޓޭ، ޝޫޓިން، ސްކްއޭޝް، ޓޭބަލް ޓެނިސް، ޓައެކްވެންޑޯ، ޓެނިސް، ޓްރައިތަލޯން، ވެއިޓް ލިފްޓިން، ރެސްލިން، ވޫޝޫ، ބާސްކެޓްބޯޅަ 3 އޮން ތްރީ އަދި ފައިވް އޮން ފައިވް، ކްރިކެޓް، ފުޓްބޯޅަ، ހޭންޑްބޯޅަ، ހޮކީ، ކަބައްޑީ، ރަގްބީ، ވޮލީބޯޅަ، ބީޗް ވޮލީބޯޅަ އަދި ރޯވިން އެވެ.
އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް އޮތީ 2019ގައެވެ. ނޭޕާލްގައި އޮތް ގޭމްސްއަކީ ރާއްޖެއަށް އެންމެ ގިނަ މެޑަލް ލިބުނު ސަރަހައްދީ ގޭމްސްއެވެ. މިގޮތުން ފަސް މެޑަލް ރާއްޖޭގެ ޓީމްތަކުން ހޯދިއެވެ. އެއީ ދުވުންތެރިޔާ ހަސަން ސާއިދު 100 މީޓަރު ދުވުމުން ހޯދި ރަން މެޑަލް އާއި 200 މީޓަރު ދުވުމުން ހޯދި ލޯ މެޑަލް، އަންހެން ޓޭބަލް ޓެނިސް ޓީމާއި އަންހެން ފުޓްބޯޅަ ޓީމުން އަދި އަންހެން ބާސްކެޓްބޯޅަ ޓީމުން ހޯދި ލޯ މެޑަލްއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
