
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ނ. ހޮޅުދޫގައި މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ޒަހަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ނިޔާވެފައި އޮތީ އާދައިގެ ގޮތަކަށް ނޫން ކަމަށާއި، މި މަރުގެ ތަހުގީގަށް ވަގުތު ނަގަނީ އެހެންވެގެން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އިއްޔެ ވިދާޅުވެއްޖެއެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެރަށު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. މިއާއެކު އެރަށުގައި މުޒާހަރާތަކެއްވެސް ދަނީ ކުރަމުންނެވެ.
މި މަރުގެ މައްސަލައާ ގުޅިގެން ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާނާއި ޝުޖާއުވެސް މިހާރު އެރަށުގައި ހަރަކާތްތެރިވަމުންދާއިރު، ރޭގައި އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ޝުޖާއު ވިދާޅުވީ މި މައްސަލައަަށް ހަތް މަސް ވާން ކައިރިވެފައިވާއިރު މައްސަލައިގައި ނަފްސާނީ އިލްމުވެރިންނާއި، ތަޖުރިބާކާރުންނާއެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
“އަޅުގަނޑަށްވެސް އެނގޭ މި ތަހުގީގުގައި ހަތް މަސްވަނީމީ، އެނގިލައްވާނެ މި ތަހުގީގުގައި އަޅުގަނޑުމެން ވަކި ގޮތެއް ނިންމާ ވަކި ގޮތެއް ހަދާނަމަ، މިހާރު ދުވަހެއް މިއަކަށް ނަގާކަށް ނުޖެހޭނެ، އެހެން ނަމަވެސް މީގައި ދުވަސްވެސް މި ނަގަނީ މިކަމުގައި ހުރި ހައްްސާސްކަމާއި އަދި މި ދެންނެވި ގޮތަށް ހުދު އަޅުގަނޑުމެންނަށްވެސް މި މަރުވެފައި އޮތް ގޮތް އެއީ އާދައިގެ ގޮތަކަށް މަރުވެފައި އޮތް ކަމަށް ގަބޫލު ނުކުރެވޭތީވެ، އޭގެ ހަގީގަތް ހޯދުމަށްޓަކައި ކުރާ މަސައްކަތް، މި މަސައްކަތަށް ވަގުތު މި ނަގަނީ،”. ޝުޖާއު ވިދާޅުވިއެވެ.
އަދި މި ތަހުގީގު ނިންމާފައި ފެންނަ އެއްޗެއް ހާމަކުރައްވާނެ ކަަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އުމުރުން 50 އަހަރުގެ ޒަކިއްޔާގެ ބޮޑެތި ޒަހަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިން ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރުއެވެ. އޭނާ އަކީ ޑިޕްރެޝަނަށް ފަރުވާ ހޯދާ މީހަކަށް ވާތީ އެންމެ ފުރަތަމަ އޭނާ މަރުވީ އަމިއްލައަށް ކަމަށް އަޑު ފެތުރުނު ނަމަވެސް، ފުލުހުން ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދިޔައެެވެ.
އޭނާގެ ކަރުގައި ޒަޚަމްތަކެއް ހުރުމާއި، ކައިރީގައި ވަޅިއެއް އޮތުމުން މި މަރާމެދު ޝައްކުތަކެއް އުފެދުނެވެ. ރަށުގެ ގިނަ ބަޔަކު ޒަކިއްޔާ މަރާލީ ކަމަށް ތުހުމަތުކުރާއިރު، އެފަދަ ހެއްކެއް އަދި ނުލިބޭ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުން ކުރިން ދީފައިވާ މައުލޫމާތުގައި، ޒަކިއްޔާގެ ހަށިގަނޑުން މީހަކު ދޭ ޒާތުގެ އަނިޔާއެއް ނުފެންނަ ކަމަށް ޕެތޮލޮޖިސްޓް ޑޮކްޓަރަކު ލަފާދީފައި ވެއެވެ. ނަމަވެސް ޒަކިއްޔާ މަރުވީ އަމިއްލައަށްކަން ނުވަތަ މީހަކު މަރާލީކަން ފުލުހުން އަދި މުޅީން ނުނިންމައެވެ.
މި މައްސަލައިގައި އެންމެ ފަހުން ފުލުހުން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، މައްސަލަ ތަހުގީގުކުރުމަށް އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ އެހީތެރިކަން ހޯދަން ވަނީ ފަށައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
