
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ނ. ހޮޅުދޫގައި މިދިޔަ އަހަރު ސެޕްޓެންބަރު މަހު ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގުގައި ފުލުހުންގެ އިހުމާލުތަކެއް އެބަހުރިކަމަށް ގަބޫލު ކުރެވޭ ކަމަށް ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ޒަކިއްޔާ މަރުގެ މައްސަލައިގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަދި ހުސާން މިއަދު ހޮޅުދޫ ވަނީ ވަޑައިގެންފައެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި ހޮޅުދޫގައި ކޮންމެ ދުވަހަކު ހެން ދަނީ މުޒާހަރާ ކުރަމުންނެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވާ އިހުސާން ވިދާޅުވި، ޒަކިއްޔާގެ މަރުގެ ތަހުގީގުގައި ފުލުހުންގެ އިހުމާލުތަކެއް އެބަހުރި ކަމަަށް ގަބޫލު ކުރެވޭ ކަމަށެވެ. “ތިބޭފުޅުން ވިދާޅުވި ފުލުހުންގެ ބައެއް އިހުމާލުތައް، އަޅުގަނޑު ގަބޫލު ކުރަން ބައެއް ކަންކަން އެބަހުރިކަން،”، ވަޒީރު ވިދާޅުވިއެވެ. އަދި އެކަންކަން ކަމާއި ގުޅުން ހުރި އިދާރާތަކުން ބަލަމުން ގެންދާނެ ކަަމަށް ވަޒީރު ވިދާޅުވިއެވެ. “އެެެހެންވީމަ އަޅުގަނޑުމެން މިއިން އެއްވެސް މަރުހަލާއަކަށް ފުލުހުން ދޭން ޖެހޭ އެއްބާރުލުން ނުދީ ނުބާއްވާނަން، އެ ޔަގީންކަން އަރުވަން،”. ވަޒީރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، ރައްޔިތުން ސުވާލު އުފައްދަވަމުންދާ ކަންކަން ގަބޫލުކުރެވޭ ފެންވަރަށް ޖަވާބު ހޯދައިގެން، އެ ޖަވާބު އަރުވައިގެން ނޫނީ މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. “ކުރީގައި ތަހުގީގުން ތިބޭފުޅުންނަށް މައުލޫމާތު ދެވުނު އިރުން ފެށިގެން، ތަހުގީގު ރިވިއުކޮށްފައި، މިހާރު ބައެއް ކަންކަން އަޅުގަނޑުމެންނަށް ފާހަގަވެފައި ހުރެއްޖެއްޔާ އެކަމާއި އެއްކޮށް އެކަމުގެ މައުލޫމާތާއި އޭގެ އިތުރަށް ލިބިފައި ހުރި ބައެއް ހެކިތައް އަޅުގަނޑުމެން އާއިލާ އެދިލައްވާ ބޭފުޅުންނަށް އަޅުގަނޑުމެން އެ ފުރުސަތާއި އެއްކޮށް ވަކިން ބައްދަލުކޮށް، އެ މައުލޫމާތު އަރުވާނަން،”. ވަޒީރު ވިދާޅުވިއެވެ.
އަދި މި ތަހުގީގުގައި މިހާރު ނުލިބި އެއްވެސް މައުލޫމާތެއް އިތުރު މީހެއްގެ ފަރާތުން، ލިބިދާނެ ކަމަށް ގަބޫލު ކުރެވޭނެމަ އެ މައުލޫމާތެއް ހިއްސާ ކުރެއްވުމަށްވެސް ވަޒީރު އެދިވަޑައިގެންނެވިއެވެ. އުމުރުން 50 އަހަރުގެ ޒަކިއްޔާ ބޮޑެތި ޒަހަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިން ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރުއެވެ. އޭނާ އަކީ ޑިޕްރެޝަނަށް ފަރުވާ ހޯދާ މީހަކަށް ވާތީ އެންމެ ފުރަތަމަ އޭނާ މަރުވީ އަމިއްލައަށް ކަމަށް އަޑު ފެތުރުނު ނަމަވެސް، ފުލުހުން ޖިނާއީ ތަހުގީގެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އޭނާގެ ކަރުގައި ޒަޚަމްތަކެއް ހުރުމާއި، ކައިރީގައި ވަޅިއެއް އޮތުމުން މި މަރާމެދު ޝައްކުތަކެއް އުފެދުނެވެ. ރަށުގެ ގިނަ ބަޔަކު ޒަކިއްޔާ މަރާލީ ކަމަށް ތުހުމަތުކުރާއިރު، އެފަދަ ހެއްކެއް އަދި ނުލިބޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ކުރިން ދީފައިވާ މަޢުލޫމާތުގައި، ޒަކިއްޔާގެ ހަށިގަނޑުން މީހަކު ދޭ ޒާތުގެ އަނިޔާއެއް ނުފެންނަ ކަމަށް ޕެތޮލޮޖިސްޓް ޑޮކްޓަރަކު ލަފާދީފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޒަކިއްޔާ މަރުވީ އަމިއްލައަށްކަން ނުވަތަ މީހަކު މަރާލީކަން ފުލުހުން އަދި މުޅިން ނުނިންމައެވެ. މި މައްސަލައިގައި ރަށުތެރޭގައި ހަމަނުޖެހުންތަކެއް ހިނގައި، ޒަކިއްޔާގެ ދޮށީ ދަރިފުޅު މޫސާ ރިމްޒީ ހައްޔަރުކޮށް ފަހުން ދޫކޮށްލާފައިވެއެވެ. އަދި ޒަކިއްޔާގެ ޢާއިލާގެ މެދުގައި ވެސް އެކި ތުހުމަތުތައް ކުރެވި، ގިނަ ވާހަކަތަކެއް ރަށުތެރޭގައި ފެތުރެމުންދާ ކަމަށް ބުނެވެއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
