
ކުށްކުށާ ގުޅުންހުރި ފައިސާއާއި މުދާ ދައުލަތަށް ނެގުމުގެ ގާނޫނީ އުސޫލުތައް ކަނޑައެޅުންވެސް ހިމެނޭ ގޮތަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އިސްނަގައިގެން “އެސެޓް ރިކަވަރީ ނަމޫނާ ޤާނޫނު”އެއް އެކުލަވާލައިފިއެވެ. މިއީ ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ، ދައުލަތަށް ނެގޭނެ ވަށައިޖެހޭ ނިޒާމެއް ނެތުމަކީ، ކޮރަޕްޝަންފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް، އެފަދަ ފައިސާއާއި މުދަލުން ނަހަމަ މަންފާ ލިބިގަނެ، އޭގެ އަސްލު އޮޅުވާލައި، އެތަކެތިން ތަސައްރަފުކޮށް، ނުޙައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަށް ހުޅުވާލެވިފައިވާ ދޮރަކަށްވާތީ، މިކަމަށް ހައްލެއް ހޯދުމަށް އޭސީސީގެ ފަރާތުން އިސްނަގައިގެން ކުރި މަސައްކަތެކެވެ.
މި ނަމޫނާ ޤާނޫނުގެ ފޮތް ނެރެދެއްވީ، އެ ކަމަށްޓަކައި އޭސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނު (ޖޭއެސްސީ)ގެ ރައީސް، މާފުށީ ދާއިރާގެ މެމްބަރ ހުސައިން ރިޒާ އާދަމެވެ. އޭސީސީން ވިދާޅުވީ، މި ގާނޫނުގެ ފޮތް އެކުލަވާލުމުގެ މަޤްޞަދަކީ، ކުށުގެ ސަބަބުން ދައުލަތަށް ގެއްލިގެންދާ ފައިސާއާއި މުދާ އަނބުރައި ހޯދައި، އެތަކެތި، ދައުލަތަށް ފައިދާހުރި ގޮތުގައި ބޭނުންކުރެވޭނޭ ވަށައިޖެހޭ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި މަގެއް ކޮށައިދިނުން ކަމަށެވެ.
އެގޮތުން ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ އަނބުރާ ދައުލަތަށް ހޯދުމާގުޅޭ ގައުމީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، އެކަމާގުޅޭ މުއައްސަސާތަކުގެ އިސްވެރިންގެ ބައްދަލުވުންތަކެއް، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ވަނީ ބައްވާފައެވެ. އެސެޓް ރިކަވަރީ ގާނޫނެއް އެކުލަވާލުމަށްޓަކައި، ފުރަތަމަ ޑްރާފްޓްގެ މަސައްކަތް ކުރެވިފައިވަނީ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއެކު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުންނެވެ.
އެކުލަވާލާފައިވާ މި ނަމޫނާ ގާނޫނުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި:
1. ކުށްކުށާ ގުޅުންހުރި ފައިސާއާއި މުދާ ދައުލަތަށް ނެގުމުގެ ޤާނޫނީ އުޞޫލުތައް ކަނޑައެޅުން.
2. ކުށްކުށާ ގުޅުންހުރި ފައިސާއާއި މުދާ އެހެން ފަރާތްތަކުގެ އަތްމައްޗަށް ދިޔަނުދިނުމަށް އެ ތަކެތި ހިފެހެއްޓުމާއި ތަޞައްރަފުކުރުން މަނާކުރުން.
3. ކުށްކުރުމަށް މަގުފަހިކުރާ ފައިސާއާއި މުދާ ފޯރުކޮށްދިނުމުގެ ނިޒާމުތަކަށް ހުރަސްއެޅުން.
4. ރާއްޖެއިން ބޭރުގައިވާ ކުށްކުށާގުޅޭ ފައިސާއާއި މުދާ ހޯދުމާއި ހަވާލުކުރުމުގެ އުޞޫލުތައް ކަނޑައެޅުން.
5. ބޭރު ޤައުމުތަކުގެ ކުށްކުށާ ގުޅޭ، ރާއްޖޭގައިވާ ފައިސާއާއި މުދާ ހޯދާ އެތަކެތި ޤައުމުތަކާ ހަވާލުކުރުމުގެ އުޞޫލުތައް ބަޔާންކުރުން.
6. ދައުލަތަށް ނެގޭ ފައިސާއާއި މުދަލާގުޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުން.
އޭސީސީން ވިދާޅުވީ، އެ ކޮމިޝަނުން އިސްނަގައިގެން ކުރަމުންދާ މި މަސައްކަތުގެ އުންމީދަކީ ކުށުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާއާއި މުދާ ހޯދުމަށް އެކަށީގެންވާ، ވަށާ ޖެހޭ އެސެޓް ރިކަވަރީ ޤާނޫނެއް ވީހާވެސް އަވަސް މުއްދަތެއްގައި ތަސްދީގުވެގެން ދިއުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
