
ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ) ގެ ސީއީއޯ އަހުމަދު އަނީސް މަގާމުން ސަސްޕެންޑްކޮށްފިއެވެ. ފުލުހުން ވިދާޅުވީ ޕޮލްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު އަނީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ހުށަހެޅިފައިވާތީ އެ މައްސަލަ ނިމެންދެން ސީއީއޯގެ ޒިންމާތަކުން އެކަހެރި ކުރަން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޕޮލްކޯގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ޕޮލްކޯގެ ދުވަހުން ދުވަހަށް ހިންގާ ބެލެހެއްޓުމުގެ ޒިންމާ ޕޮލްކޯގެ ސެކްރެޓަރީ އިބްރާހިމް ހަލީލްއާ ހަވާލު ކުރުމަށް މި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ހަލީލަކީ ޖުލައި 2020 އިން ފެށިގެން ޕޮލްކޯގެ ސެކްރެޓަރީގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އަނީސް ސަސްޕެންޑް މި ކުރީ ޕްލޮކޯގެ ހިޔާނާތުގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށުމާ އެކުގައެވެ. ޕޮލްކޯ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އަޅާފައިވާ ފުލުހުންގެ ތިން ޓަވަރު އިމާރާތް ކުރުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެންނެވެ.
About Post Author
މާދަމާ ނިއުސް
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކާ ހެދި، ރައީސްގެ އެންގެވުމަކަށް ނޫން: ތަރުޖަމާނު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި އެއީ އަމިއްލަ ނިންމެވުމެއް ކަމަށް ސަރުކާރުން...
މަޢުލޫމާތު ހާމަކުރުމަކީ އިތުބާރު ދަމަހައްޓައި ހިންގުން ހަރުދަނާކުރުމަށް ލާޒިމު ކަމެއް: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށް މަޢުލޫމާތު ހާމަކުރުމަކީ އަސާސީ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު...
ފިނޭންސް މިނިސްޓަރ ޒަމީރު އިސްތިއުފާ ދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވަޒީރު މޫސާ ޒަމީރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ސަރުކާރުގެ ތަރުޖަމާނު މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އިސްތިއުފާ...
ރާއްޖެއިން ދަނީ ނަތީޖާ ދައްކަމުން، ބީ.އެމް.އެލްގެ ދައުރު ބޮޑު: ފިޗު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ރޭޓިންގް 'ސީސީސީ-' އަށް މަތިކޮށް، ބޭންކުގެ ކުރިމަގު...
“ބޭސް ލިބުން އުނދަގޫވަނީ، ސަޕްލައިޗެއިން ތަރައްޤީ ނުވުމުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ނުވަތަ ސަޕްލައިޗެއިން ތަރައްޤީވެފައި ނެތުމަކީ ބޭސް ލިބުމަށް...
