
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމަށް ސަރުކާރުން ހުށަހެޅި ބިލް ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ. މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުުއްސައްތާރު މުހައްމަދެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ބަލައިގަތުމަށް ވޯޓު ދިނުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން އޮތީ ތްރީ ލައިން ވިޕެއް ނެރެފައެވެ. އެއީ ޕީއެންސީގެ ލީޑަޝިޕުން އެ ބިލް ފާސްކުރަން ނިންމާފައި އޮތުމުންނެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ މެދުގައި ބަހުސް ކުރެއްވުމަށް ފަހު، އެ ބިލް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުމުން 76 މެމްބަރުންގެ ތެރެއިން 64 މެމްބަރުން ވަނީ ބިލް ބަލައިގަންނަން ވޯޓު ދެއްވައިފައެވެ. މި ބިލް ބަލައިގަތުމާ ދެކޮޅަށް 12 މެމްބަރުން ވޯޓު ދެއްވިއެވެ. މިއާއެކު، މި ބިލް ބަލައިގަނެ ދިރާސާ ކުރުމަށް ޖުޑިޝަރީ ފޮނުވިއިރު، މިއަދު ހަވީރު އޮތް ކޮމެޓީގެ ބައްދަލުވުމުގައި އެ ކޮމެޓީން ވަނީ ބިލް ފާސްކޮށްފައެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ފަނޑިޔާރުން ވަކިކުރެވޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހަޅައި، މަޖިލީހުގެ 2/3 އަޣުލަބިއްޔަތުން ފާސްވުމުންނެވެ. އަދި ޖޭއެސްސީން ވަކިކުރާ ފަނޑިޔާރުންގެ ނަންތައް ބިލަށް ޢަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަންޖެހެއެވެ. މަޖިލީހުން ހަތް ދުވަހުގެ ތެރޭގައި މިކަމާމެދު ގޮތެއް ނިންމަންޖެހޭނެއެވެ.
ފެހި ގާނޫނުއަސާސީގެ ދަށުން އެކުލަވާލެވުނު އިންތިގާލީ ސުޕްރީމް ކޯޓުގައި ފަސް ފަނޑިޔާރުން ތިއްބެވިއެވެ. 2010 ގައި ހަތް ފަނޑިޔާރުންގެ މައްޗަށް ދާއިމީ ކޯޓެއް އުފެދުނެވެ. 2014 ގައި އަދަދު ފަހަކަށް މަދުކުރެވުނު ނަމަވެސް، 2019 ގައި އަނެއްކާވެސް ހަތަކަށް އިތުރުކުރެވުނެވެ. މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންއާއި އިތުރު ހަ ފަނޑިޔާރުންނެވެ. މި ބިލު ފާސްވެއްޖެނަމަ، ސުޕްރީމް ކޯޓުގެ އޮނިގަނޑަށް ބޮޑު ބަދަލެއް އަންނާނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
