
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދ.އަތޮޅުގެ ހުރިހާ ރަށެއްގައި ސެލްފް ސާވިސް ބޭންކިން ޚިދުމަތް ގާއިމުކޮށް ރާއްޖޭގެ ތާރީޚުގައިވެސް ވަކިން އޮންނަ އަތޮޅުތަކުގެ ތެރެއިން އޭޓީއެމްގެ ޚިދުމަތް ލިބޭ ފުރަތަމަ އަތޮޅަކަށް ދ.އަތޮޅުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހާރު ދ. އަތޮޅުގެ ރަށްތަކަަަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހުޅުދެލީ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމުގައި ކުރިޔަށް އޮތީ އަމަލީ މަސައްކަތުގެ މޫސުން ކަމަށެވެ.
“ރިޔާސީ އިންތިހާބުގައި ވީ ވައުދުތައް ފުއްދުމުގައި ދިމާވި ދަތިތަކުން އަރައިގަތުމަށްޓަކައި ވި ތައްޔާރީ ކަމުގައި ދެންނެވިދާނެ. މިހާރު މިއޮތީ އަމަލީ ގޮތުން ވައުދުތައް ފުއްދުމުގެ މޫސުން އައިސްފައި.” ރައީސް ވިދާޅުވިއެވެ.
އެގޮތުން ހުޅުދެލީ ރައްޔިތުންނަށްވި ވައުދުތައް ފުއްދުމުގެ ފެށުމަކީ މިއަދު ހުޅުވިގެންދިޔަ އޭޓީއެމް ކަމަށް ރައީސް ވިދާޅުވިއެވެ. ހުޅުދެލީގައި ސެލްފް ސާވިސް ބޭންކިން ޚިދުމަތް ފެށިގެން ދިޔުމާއެކު މި އަތޮޅު ތާރީހުގެ ތެރެޔަށް ވަދެގެން ދިޔަ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
“މިއަތޮޅު ވަދެގެން އެދިޔައީ ތާރީޚުގެ ތެރެއަށް. އެއީ ވަކިވަކިން ހުންނަ އަތޮޅުތަކުގެ ތެރެއިން، އެއް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ބޭންކިން ޚިދުމަތް ގާއިމުވެގެންދިޔަ ފުރަތަމަ އަތޮޅަށް ދ އަތޮޅު ވެގެން މިދިޔައީ.” ރައީސް ވިދާޅުވިއެވެ.
މި މަސައްކަތުގައި ބޭންކް އޮފް މޯލްޑިވްސްގެ ވަރަށް ބޮޑު އެއްބާރުލުމެއް ސަރުކާރަށް ލިބިގެން ދިޔަކަން ފާހަގަކުރައްވަމުން ރައީސް ވަނީ ބީއެމްއެލްއަށް ޝުކުރު ދަންނަވާފައެވެ. ރައީސް ވިދާޅުވީ މިއަހަރަކީ މިގޮތަށް ހުރި ގިނަ ކަންތައްތަކަށް އަމަލީ ސިފަ ލިބިގެންދާނެ އަހަރެއް ކަމަށާއި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދަވައި ދެއްވާނެ ކަމަށެވެ. މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
