
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ސިޔާސީ މަސްރަހުގެ ތެރޭގައި ހިނގާ ސިޔާސީ ކަންކަމަށް ގޮތް ނިންމުމުގެ ބާރެއް ރާއްޖޭގެ ކޯޓުތަކަށް ލިބިގެނެއް ނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުނު ބިލުގެ ބަހުސްގައި ޝުޖާއު ވިދާޅުވީ ސްޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައެއްގެ ހުކުމް އަންނާނެ ގޮތުގެ ވާހަކަ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ތަޅުމުގައި ދެއްކުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
“އަޅުގަނޑުމެންނަކަށް ނޭނގޭ ދިވެހިރާއްޖޭގެ ފަނޑިޔާރު ގެއިން ހުކުމް އަންނާނެ ގޮތެއް،” ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މިއަދު މިދެކެވެނީ ފަނޑިޔާރުން ވަކިކުރާ ވާހަކައެއް ނޫން ކަމަށާއި ގާނޫނަށް އިސްލާހު މި ގެނެވެނީ ސްޕްރީމް ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ބަދަލުކުރުމަށް ކަމަށެވެ. ޝުޖާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނަކަށް ރައްޔިތުންނަށް ފާޑު ކިޔެންޏާ ކޯޓުތަކުގެ ހުކުމަށްވެސް ފާޑުކިޔެން ޖެހޭނެ ކަމަށެވެ.
“ފާޑުނުކިޔޭ ގޮތަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ހުރިހާ ފަނޑިޔާރުން ތިބުން އެއީ ނުރައްކަލެއް. ޑިމޮކްރަޓިކް ނިޒާމުގައި އެއީ ނުރައްކަލެއް.” ޝުޖާއު ވިދާޅުވިއެވެ.
ދެހާސް ދިހަ ވަނަ އަހަރު ގާނޫނަށް ގެނެވުނު އިސްލާހާއެކީ ސްޕްރީކް ކޯޓުގެ އަދަދު ފަހަކުން ހަތަކަށް ބަދަލުކޮށްފައިވަނީ އެމްޑީޕީ ސަރުކާރުންކަން ޝުޖާއު ފާހަގަކުރެއްވިއެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ޑިސެމްބަރު މަހު 18 ވަނަ ރައްޔިތުންގެ މަޖިލީހުން މިއަށް އިސްލާހު ގެނައި ކަމަށާއި މި އިސްލާހު ގެނައީ ޑްރާފްޓިން ކޮމިޓީގައި އޭރު އިންތިގާލީ މަރުހަލާގައި އޮންނަން ޖެހޭނެ ކަމަށް ކަނޑައެޅި އަދަދަކީ ފަހެއް ކަމަށް ފެންނާތީ ކަަމަށް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގާނޫނަށް އަނެއްކާވެސް އިސްލާހު ގެނެސް ސްޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކަށް ވަނީ ބަދަލުކޮށްފައެވެ.
“އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އަދަދެއް ކަމަށް ފަހެއް އޮތުން އެއީ ވަރަށް ރަނގަޅު އަދަދެއް ކަމަށް.” ޝުޖާއު ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރުން ފަނޑިޔާރު އަހުމަސު ހައިލަމް އާ ދޭތެރޭ ކަންތައް ކުރެއްވި ގޮތުގެ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ފަނޑިޔާރުންނަށް އަނިޔާވެރިވުމުގެ ވާހަކަ މިއަދު އެމްޑީޕީން ދެއްކުމަކީ ލަދުވެތި ކަމެއް ކަމެއް ކަމަށެވެ.
“ފަނޑިޔާރުންނަށް އަނިޔާވެރިވުމާއި ފަނޑިޔާރުންގެ ވާހަކަ މި އިއްޒަތްތެރި މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ދެއްކުމަކީ ލަދުވެތި ކަމެއް. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ވާދަވެރި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެން އޮތްއިރުގައި ދިވެހިރާއްޖޭގެ ކުރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ހޭއަރުވާލި މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ.” ޝުޖާއު ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖޭގެ ފަނޑިޔާރުންނަށް ދޭންޖެހޭ ގަދަރާއި އިއްޒަތް ދިނުމުގައި އެ ފަނޑިޔާރުންނަށް ބޭވަފާތެރިވެފައި އޮތީވެސް އެމްޑީޕީން ކަަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. ޝުޖާއު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގެތެރޭގައި ހިނގާ ސިޔާސީ ކަންކަމަށް ގޮތް ނިންމުމުގެ ބާރެއް ދިވެހިރާއްޖޭގެ ކޯޓުތަކަށް ލިބިގެން ނުވެއެވެ.
“އަޅުގަނޑު ގަަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެތެރޭގައި ހިނގާ ސިޔާސީ ކަންކަމަށް ގޮތް ނިންމުމުގެ ބާރެއް ދިވެހިރާއްޖޭގެ ކޯޓުތަކަށް ލިބިގެނެއް ނުވޭ. ދިވެހިރާއްޖޭގައި އަޅުގަނޑުމެން ގަބޫލުކުރީ އޮންނަން ޖެހޭނީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއް ކަމަށް. އެއީ އެއްބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒާއި ބާރު ނުފޯރުވޭނެ ގޮތަށް ކަންކަން ކަށަވަރުވެފައި އޮތުމުން.” ޝުޖާއު ވިދާޅުވިއެވެ.
ނަމަވެސް މިހާރު ފެނިގެން މިދަނީ އެއްގޮތުން ނުވެއްޖިއްޔާ އަނެއް ގޮތުންވެސް ސަރުކާރަށް އެކިއެކި ހަމަލާތައް ދިނުމަށްޓަކައި އެކަން ކުރެވޭނެ ގޮތެއް ހޯދަމުންދާ މަންޒަރު ކަމަށް ޝުޖާއު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
