
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ސްޕްރީމް ކޯޓުން މަޖިލީހުގެ އިމްތިޔާޒްތަކާމެދު ސުވާލު އުފެއްދުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ކޯޓުގެ ފަނޑިޔާރުން ތިއްބެވީ ސިޔާސީ އޮއިވަރުގައި ޖެހިފައި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުން މިހާރު ދަނީ ސިޔާސީ އޮއިވަރަށް ލެނބެމުން ކަމަށާއި، ސިޔާސީ ވެރިންގެ ނުފޫޒުގެ ދަށަށް ދާން ތައްޔާރަށް ތިބިކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ސުޕްރީމް ކޯޓުން މަޖިލީހުގެ އިމްތިޔާޒުތަކާމެދުވެސް ސުވާލު އުފައްދާފައިވެއެވެ. އޭނާ މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ، ރާއްޖޭގެ ދީނަކީ އިސްލާމްދީން ނޫން ކަމަށް މަޖިލީހުން ނިންމައިފިނަމަ، އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެތޯ ކުރި ސުވާލެވެ.
“މަޖިލީހުގެ އިމްތިޔާޒުތަކާ ދޭތެރޭވެސް މިހާރު އޮތް ސުޕްރީމް ކޯޓުގެ ބެންޗުން ސުވާލު އުފެއްދިތަން ދާދި ފަހުން ފެނިގެން ދިޔަ. އެ ސުވާލަކީ ގާނޫނުއަސާސީގައި ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށް ބަޔާން ކޮށްފައި ވަނިކޮށް ރާއްޖޭގެ ދީނަކީ އިސްލާމް ދީން ނޫންކަމަށް މަޖިލީހުން ނިންމައިފިއްޔާ ދެންވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭހެެއްޔޭ.” ނާޒިމް ވިދާޅުވިއެވެ.
“އިސްލާމް ދީނާއި ޚިލާފު އެއްވެސް ގާނޫނެއް މި މަޖިލީހަށް ބަލައިގަތުމަކީވެސް އަދި މި މަޖިލީހުގައި ބަހުސްކުރުމަކީވެސް މުސްތަހީލު ކަމެއްގެ ގޮތުގައި އޮތްވާ، މި ގޮތަށް ސުވާލު އުފެއްދީމާ އަޅުގަނޑުމެން ސްޕްރީމް ކޯޓުގެ ބެންޗާއި ދޭތެރޭ ވިސްނާލަން އެބަޖެހޭ.” ނާޒިމް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން މިހާރުދަނީ ސިޔާސީ އޮއިވަރަށް ލެނބެމުން ކަމަށާއި، އަދި ސިޔާސީ ވެރިން ޖަހާ ބެރުތަކަށް ނެށުމަށް ތައްޔާރަށް ތިބި ކަމުގެ ސިގްނަލްތައް ދެމުންދާ މަންޒަރު ފެންނަކަމަށްވެސް ނާޒިމް ވިދާޅުވެފައިވެއެވެ. މި ބިލު ހުށަހަޅާފައި މިވަނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާޙު ބާތިލުކުރުމުގެ މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށެވެ. ދައުލަތުން ވިދާޅުވެފައި ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ. ނަމަވެސް ފަނޑިޔާރުން ނިންމަވާފައިވަނީ މައްސަލައިގައި ހުކުމަކާ ހަމައަށް ދިއުމަށެވެ.
މި ބިލާ ގުޅިގެން ޕީއެންސީގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވެއެވެ. ބައެއް މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި މި ދަނޑިވަޅުގައި މިފަދަ ބިލެއް މުހިންމެއް ނޫނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
