
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދ. ރިނބުދޫގައި ރަންރިހީގެ މަސައްކަތް ދަސްކޮށްދޭނެ ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އެހެން ވިދާޅުވީ ދ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ރިނބުދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިނބުދޫއަށް ބަލާއިރު ކުރަން ޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެކަންކަމަކީ މުހިންމު ކަންކަން ކަމަށް ދެކިގެން އެކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ ސްކޫލްގެ ދަތިކަމަށް ހައްލު ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ. އެ މައްސަލައަށް ހައްލެއް ގެނައުމަކީ ރަށުގެ ރައްޔިތުންނަށާއި ސްކޫލް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ ހަ ކްލާސްރޫމް ހިމެނޭ ގޮތަށް ކޮމްޕިއުޓާ ލެބާއި ލައިބްރަރީ ފަދަ ތަންތަން ވެސް ހިމެނޭ ގޮތަށް ސްކޫލް އިންފްރާސްޓްރަކްޗާ މަޝްރޫއެއް މެއި މަހުގެ ތެރޭގައި އަމަލީ ގޮތުން އެ ރަށުގައި ފައްޓަވައިދެއްވާނެ ކަމަށެވެ. އެ މަސައްކަތް ހަވާލުކުރާނީ ސަރުކާރުގެ ކުންފުންޏަކާ ކަމަށް ވިދާޅުވިއެވެ. އޭގެ ނަތީޖާއަކަށް ވާނީ ސީދާ ފިނޭންސް މިނިސްޓްރީން އެ ކުންފުނިތަކަށް މަސައްކަތް ބާރަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ފަހިކޮށްދެވިގެންދިއުން ކަމަށް ވިދާޅުވިއެވެ.
“މި ރަށުގައި ހުރި މިސްކިތަކީ 1992 ވަނަ އަހަރު އަޅާފައިވާ މިސްކިތެއް ކަމަށް ކައުންސިލުން ވިދާޅުވި. މިހާ ދުވަސްވިއިރު ވެސް ރަށުގައި އެހެން މިސްކިތެއް ނޭޅި މި ހުރީ. މާތް ވެގެންދާ އިސްލާމް ދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި މުސްލިމުންނަށް އަޅުގަނޑުމެން ވާއިރު ރަށްރަށުގައި ފެންވަރުގެ މިސްކިތް އެޅިފައި ހުންނަން ވާނެ ކަމަށް އަޅުގަނޑު ގަބޫލްކުރަނީ. މި އަހަރުގެ ބަޖެޓްގެ ތެރެއިން ރިނބުދޫގައި 500 މީހުންގެ މިސްކިތެއް އެންމެ ލަސްވެގެން ޖުލައި މަހުގެ ތެރޭގައި އަޅަން ފަށާނެ ކަމުގެ ޔަގީންކަން ދެން.” ރައީސް ވިދާޅުވިއެވެ.
ސިއްހީ ދާއިރާއަކީ ބަޖެޓްގެ ތެރެއިން އިސްކަންދޭ ދާއިރާއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސިއްހީ މަރުކަޒުގެ އެކި ކަހަަލަ ކަންކަން ހައްލުކުރަން އެބަހުރި ކަމަށެވެ. އެތަނުގެ ޖާގަ ދަތިވެފައި ވަސީލަތްތައް ވެސް މަދު އިރު، މުވައްޒަފުން ވެސް މަދު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މި އަހަރުގެ ތެރޭގައި ސިއްހީ މަރުކަޒުގެ ޖާގަ އާއި ވަސީލަތްތަކާއި މުވައްޒަފުން ހަމަކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ރިނބުދޫއަށް ވައުދުވެވަޑައިގެންނެވި އިތުރު ކަންތައްތައް:
- ޒުވާނުންގެ މަރުކަޒެއް އަޅައިދިނުން
- ގޯތީގެ މައްސަލަ ހައްލުކުރުމަށް ދިރާސާކޮށް ހައްލު ހޯދައިދިނުން
- އާރްޓީއެލްގެ ހިދުމަތް ގާއިމްކޮށްދިނުން
- ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުން
އޭގެ އިތުރުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރަންރިހީގެ އަތްތެރިކަމުގެ މަސައްކަތަކީ ރިނބުދޫއަށް ހާއްސަކަމެއް ކަމަށެވެ. ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫއުގެ ތެރޭގައި ދިވެހި އައިޑެންޓިޓީ ހިމާޔަތްކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. ދިވެހިން ކުރިން އުޅެމުން ދިޔަ ގޮތް އިއާދަކުރުމާއި އުޅުމާއި އާދަކާދަ ނެތިގެން ދިޔަ ނުދީ އާލާކުރުން ހިމެނޭ އިރު، އޭގެ ތެރެއިން އެއް ކަމަކީ ރަންރިހީގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ރަށުގައި އެ މަސައްކަތްކުރާ ފަރާތްތައް ކުރިއަށްވުރެ މަދު ވެއްޖެކަމަށެވެ. އެހެންކަމުން އެއީ ހިމާޔަތްކުރުމަށް އިސްކަންދޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ރިނބުދޫގައި ވެސް ކޮލިފިކޭޝަން އޮތޯރިޓީއިން ބަލައިގަންނަ ސެޓްފިކެޓް ލިބޭ ގޮތަށް އެ މަސައްކަތް ދަސްކޮށްދޭނެ ނިޒާމެއް ގާއިމް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަަން ކުރުމަށް މަސައްކަތްތައް އަވަހަށް ފައްޓަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
