
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ކަމަކަށް އޮތީ އިހްސާންގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވުމެވެ. އޭގެ ފަހުގައި މެމްބަރުންގެ މެދުގައި އެ މައްސަލައަށް ބަހުސް ކުރެއްވިއެވެ. ބަހުސަށް ފަހު ނެގި ވޯޓުގައި އިހްސާންގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ.
އެއީ މަޖިލިހުގައި ތިއްބެވި އެމްޑީޕީގެ 11 މެމްބަރުންނެވެ. އިހްސާންގެ އިތުބާރު ނެތް ކަމަށް ފަސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 64 މެމްބަރުންނެވެ. އިދިކޮޅު އެމްޑީޕީގެ 12 މެންބަރަކު ސޮއިކުރައްވައި ހޯމް މިނިސްޓަރު އިހުސާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅި އިރު، މި މައްސަލައިގައި މައިގަނޑު ތިން ތުހުމަތެއް ކޮށްފައިވެއެވެ. ފުރަތަމަ ތުހުމަތަކީ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބެލެހެއްޓުމަށް ބްލެކްލިސްޓް ކުރެވިފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރި މައްސަލައެވެ. ދެވަނަ ތުހުމަތަކީ ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ޖިނާއީ ތަހުގީގުތަކަށް ހުރަސްއެޅި ކަމުގެ ތުހުމަތެވެ. ތިންވަނަ ތުހުމަތަކީ ޑީއެންއާރުގެ ޑޭޓާބޭސް ނަހަމަ ގޮތުގައި ބޭނުންކޮށް، ހުއްދަނެތި މީހުންގެ މައުލޫމާތު ނަގައި ޕީއެންސީއަށް ވެއްދި ކަމުގެ ތުހުމަތެވެ.
މި މައްސަލައިގައި އިހްސާން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވައި މަޖިލިހުގައި ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކަވައިފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
