
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން ބޭނުންކުރާ އެކްސްޕެޓް ސިސްޓަމް ބަދަލުކުރުމުން ދައުލަތުގެ އާމްދަނީ އަހަރަކު 700 މިލިއަން ރުފިޔާ އިން 1.3 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ 12 މެމްބަރުން ސޮއިކޮށް މަޖިލިހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި ތުހުމަތުކުރި އެއް ކަމަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް އެ ނިޒާމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމެވެ.
ދިވެހިރާއްޖެއަށް ބިދޭސީން އެތެރެކޮށް ބެލެހެއްޓުމަށް ޕާމިޓް ދޫކުރުމުގެ ނަމުގައި ގެންގުޅޭ ސިސްޓަމުގެ ކަންތައްތައް ބްލެކްލިސްޓް ކުރެވިފައިވާ ބޭރުގެ ކުންފުންޏަކަށް ދިން މައްސަލައިގައި ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގައި އިހުސާން ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ތުހުމަތެއް ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.
“މިހާރު ބޭނުން ކުރަމުންދާ ސިސްޓަމަކީ ދިވެހިރާއްޖޭގެ ކުންފުންޏަކުން ޑިޒައިން ކޮށްގެން އެގްރީމެންޓުކޮށްފައިވާ ސިސްޓަމެއް ކަމަށް އިއްޒަތްތެރި މެންބަރުން ފާހަގަކޮށްފައިވާ ވާހަކަ އެއީ ރަނގަޅު ވާހަކައެއް ނޫން.” އިހުސާން ވިދާޅުވިއެވެ.
މި ސިސްޓަމަކީ 2012 ވަނަ އަހަރުން ފެށިގެން ތިން ސަރުކާރުގެ ތެރޭގައި އެކި ފަހަރު މަތިން މީހުން ނަގައިގެން މިނިސްޓްރީތަކުން ޑިވެލޮޕްކުރަމުން އަނަން ސިސްޓަމެއް ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އަދި ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތުގެ އެންމެ ބޮޑު ގޮންޖެހުމެއް މި އަންނަނީ މި ސިސްޓަމް ފުރިހަމަ ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ބާރަ އަހަރު ވެގެން ދިޔައިރުވެސް ފުރިހަމަ ނުވި ސިސްޓަމެއް އިތުރަށް ބަދަލުކޮށް އެކަމުގައި ވަގުތު ބޭކާރު ކުރަން ބޭނުން ނުވާތީ ސަލާމަތާއި ރައްކާތެރިކަމާއެކު ދޭން ޖެހޭ އަވަސް ޚިދުމަތް ނުލިބިގެން ސަރުކާރު ތާށިވެފައި އޮންނަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“މީ އަޅުގަނޑުމެން އާ ސިސްޓަމެއް ހޯދަން ޖެހޭ ސަބަބަކީ، އަދި ހާއްސަކޮށް ދިވެހިރާއްޖެ ރެކްރޫޓްކުރުމުގައި މިއޮތް އިންސާނީ ވަގުފާރިއަށް މަގުފަހިވާ ގޮތަށް އޮތް މައްސަލައަށް ދާއިމީ ހައްލެއް ގެންނަ ކަމަށް ވެއްޖިއްޔާމުން ރެކްރޫޓްމެންޓާ ހިސާބުން ސަރުކާރުތަކުން އޮތޮރައިޒްޑް ސިސްޓަމެއްގެ ތެރެއިން މީހުން ރެކްރޫޓްކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.” އިހުސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުތަކުގެ ވެރިން ވަރަށް ގިނަ ކަންތައްތަކުގައި އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން 29 ޖެނުއަރީ 2019 ވަނަ އަހަރު އެޓާނީ ޖެނެރަލްގެ އޮފީހުން އޮތީ އިމިގްރޭޝަަން ކޮންޓްރޯލާ އާއި މިނިސްޓްރީއާ ދެމެދު މި ސިސްޓަމް ކުރިޔަށް ގެންދިޔުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އިމިގްރޭޝަނުން މި މައްސަލައިގައި ކަންކުރަންވީ ގޮތެއްގެ ލަފާއަކަށް އެދިލެއްވުމުން އެމްޑީޕީ ސަރުކާރުން ތިން އަހަރު ވީ އިރުވެސް އެ ސިޓީއަށް ޖަވާބުދީފައި ނުވާކަން އިހުސާނު ފާހަގަކުރެއްވިއެވެ.
“ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް، މިކަން އެނގިތިބި ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުޤީގެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނަން.” އިހުސާން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
މި މައްސަލައަކީ ކުރީ ސަރުކާރުގައި މި ކަމާއި މެދު މަޝްވަރާކޮށް ނިންމުމަކާ ހަމައަށް އައިސް އެކަން ދޫކޮށްލާފައި އޮތް މައްސަލައެކެވެ. އެހެންކަމުން މިކަމުގައި ކުރީ ސަރުކާރުގެ ވެރިންގެ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމަށް އިހުސާނު ދެކެވަޑައިގަންނަވައެވެ. އިހުސާން ވިދާޅުވި ގޮތުގައި މިހާރު ބޭނުންކުރާ ސިސްޓަމުގެ ފަންކްޝަންތައް ހުރި ގޮތުން ފައިސާ ކަލެކްޓު ކުރަން އުނދަގޫވެފައި މައްސަލަތައްވެސް ރަނގަޅަށް ނުބެލެއެވެ. އެހެންކަމުން ރަނގަޅު އަހަރެއްގައި އެވްރެޖުކޮށް ދައުލަތަށް ވަންނަނީ 770 މިލިޔަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ފައިސާވެސް ނުހޯދޭ ކަމަށާއި މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު 1.6 ބިލިޔަން ރުފިޔާ ނުހޮދައި ހުރި ކަމަށް ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު 1.6 ބިލިޔަން ރުފިޔާ ކަލެކްޓު ނުކޮށް ހުރީ، އޭގެތެރެއިން މިހާރު ލާރި ކަލެކްޓުކޮށް 800 މިލިޔަން ވާނީ އިތުރު ކުރުވާފައި. އެހެންވީމާ މީ ބަރާބަރު ސިސްޓަމަކަށް ގޮސްގެން 700 މިލިޔަނުން 1.3 ބިލިޔަން ރުފިޔާއަށް ދައުލަތުގެ އާމްދަނީ އަހަރަކު އަރުވާލެވޭތީ އަޅުގަނޑުމެން މި ސިސްޓަމާ ދިމާލަށް ދަނީ.” އިހުސާން ވިދާޅުވިއެވެ.
އިދިކޮޅުން ބުނާ ގޮތުގައި މި ގެންނަން އުޅޭ ސިސްޓަމުގެ ސަބަބުން ދައުލަތަށް 400 މިލިޔަން ރުފިޔާ ގެއްލުންވާ ކަމަށެވެ. ނަމަވެސް އިހުސާން ވިދާޅުވަނީ އޭގެ ސަބަބުން ދައުލަތަށް 500 މިލިޔަން ރުފިޔާ އިތުރަށް ފައިދާވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
