
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރާއްޖޭގެ އެކްސްޕެޓް ސިސްޓަމް ހެދުމަށް މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ މެދު ގޮތެއް ނުނިންމައި އިހުމާލުވެފައިވާ ކުރީގެ ސަރުކާރުގެ ވެރިންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ 12 މެމްބަރުން ސޮއިކޮށް މަޖިލިހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި ތުހުމަތުކުރި އެއް ކަމަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް އެ ނިޒާމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހޭ ގޮތަށް އެއްބަސްވުން ހެދީ ގެއްލުން ލިބޭ ގޮތަށް ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާންގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން އިހުސާން މިއަދު ވިދާޅުވީ މި އެއްބަސްވުމުގެ މަސައްކަތް ފެށުނީ 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އޭރު އެއްބަސްވެފައިވަނީ 15 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް 2019 ގައި ބަންގްލަދޭޝްއިން މަސައްކަތްތެރިން އެތެރެކުރުން ހުއްޓުވުމާ ގުޅިގެން މި އެއްބަސްވުމަށް އަމަލުކުރުން ހުއްޓުނެވެ. އިހުސާން ހާމަކުރެއްވި ގޮތުގައި، ކުރީގެ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މި މައްސަލައާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށް މަސައްކަތްކޮށްފައިވެއެވެ. އަދި 2020 ވަނަ އަހަރު ބެސްޓިނެޓް ކުންފުނިން ގެއްލުމުގެ ބަދަލު ހޯދުމަށް މަސައްކަތްކުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، މި ސިސްޓަމް ތައާރަފުކުރުމުން ވޯކް ޕާމިޓްގެ ގޮތުގައި ދައުލަތަށް އަހަރަކު 1.3 ބިލިއަން ރުފިޔާ ލިބޭނެއެވެ. މިއީ ކުރީގެ ސިސްޓަމަށްވުރެ 500 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އިތުރު އާމްދަނީއެކެވެ. އެހެންނަމަވެސް، ކުރީގެ ސަރުކާރުން މި މައްސަލައަށް ހައްލެއް ނުހޯދައި، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި ގެއްލުން ދީފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އިހުސާން ވިދާޅުވީ ފާއިތުވި ފަސް އަހަރު ތެރޭގައި މި މައްސަލައަށް ހައްލެއް ނުހޯދައި، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި ގެއްލުން ދީފައިވާތީ، ކުރީގެ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރުމަށް އެދި އޭސީސީއަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
“އަޅުގަނޑު މި ޖަލްސާ ނިންމާފައި ގޮސް މި ދެންނެވި ސިޓީ ތަކަށް އިހުމާލުވެ މިދިޔަ ފަސް އަހަރުތެރޭ މި މައްސަލަތަކަށް އެއްވެސް ހައްލެއް ނުހޯދާ ދައުލަތަށް ފައިދާވާން އޮތް މައްސަލައެއްގައި ގެއްލުން ދީފާއިވާތީވެ 517 ވަނަ މާއްދާގައި އިއްޒަތްތެރި މެންބަރުން ވިދާޅުވިހެން އޭގެ ދަށުން ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް، މިކަން އެނގިތިބި ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނަން.” އިހުސާން ވިދާޅުވިއެވެ.
އެކްސްޕެޓް ސިސްޓަމްގެ މައްސަލައިގައި ހިނގާފައިވާ މުހިންމު ކަންތައްތައް:
ދެހާސް ނަވާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ބެސްޓިނެޓް ކުންފުނިން އިމިގްރޭޝަނަށް ސިޓީއެއް ފޮނުވައި، އެގްރީމެންޓާ ގުޅިގެން 13.7 މިލިއަންގެ އިންވެސްޓްމަންޓެއް ކޮށްފައިވާ ކަމަށް ބުނެ، އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެދުނެވެ. ނަމަވެސް، މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި މި ސިޓީއަށް ސަރުކާރުން ޖަވާބެއް ދީފައެއް ނުވެއެވެ. އޭގެ ތިން މަސް ފަހުން، 2019 ގެ ޑިސެންބަރު މަހު، އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު، އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްޢަތުގެ ލަފައަކަށް އެދުނެވެ. މީގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގެ ސަބަބުން ގާނޫނީ އަދި މާލީ ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ. ނަމަވެސް، އިހުސާން ވިދާޅުވި ގޮތުގައި މި ކަމަށްވެސް އޭޖީން ލަފައެއް ދީފައެއް ނުވެއެވެ.
އޭޖީގެ ލަފާ ނުލިބުމާ ގުޅިގެން، 2019 ގެ ޑިސެންބަރު 23 ވަނަ ދުވަހު، އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލަށް ސިޓީއެއް ފޮނުވުނެވެ. މީގެ ހަފްތާއެއްހާ ދުވަސް ފަހުން، އޭޖީ އޮފީހުން ލަފާދިނީ މަޝްވަރާކޮށް ޕޮލިސީ ލެވެލްގެ ނިންމުމެއް ނިންމުމަށެވެ. ދެހާސް ވިހި ވަނަ އަހަރުގެ އޮގަސްޓު މަހު، ބެސްޓިނެޓް ކުންފުނީގެ ލޯ ފާމަކުން ގެއްލުމުގެ ބަދަލު ހޯދުމަށް ސިޓީއެއް ފޮނުވިއެވެ. މީގެ ދެ މަސް ފަހުން، އޭޖީ އޮފީހުން އިމިގްރޭޝަނަށް ލަފާ ދިނެވެ. އިހުސާން ވިދާޅުވި ގޮތުގައި މި ލަފާގައި ބުނެފައިވަނީ ތިން ވުޒާރާއަކާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
ދެހާސް ވިހި ވަނަ އަހަރުގެ ނޮވެންބަރު މަހު، އިމިގްރޭޝަނުން ރައީސް އިބްރާހީމް މުހައްމަދު ސޯލިޙަށް ސިޓީއެއް ފޮނުވައި ލަފައަކަށް އެދުނެވެ. ނަމަވެސް، އިހުސާން ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރު ނިމުނުއިރުވެސް މި ސިޓީއަށް ޖަވާބެއް ދީފައެއް ނުވެއެވެ. އަދި 2022 ވަނަ އަހަރުގެ މާރޗު މަހު، ބެސްޓިނެޓް ކުންފުނިން އަނެއްކާވެސް 13.7 މިލިއަން ރުފިޔާގެ ބަދަލަކަށް އެދުނެވެ. މީގެ ތިން މަސް ފަހުން، ސަރުކާރުން ޖަވާބު ނުދިނުމާ ގުޅިގެން، ހަތް ދުވަހުގެ ޓަރމިނޭޝަން ނޯޓިސްއެއް ފޮނުވިއެވެ. ދެހާސް ބާވީހުގެ އޮގަސްޓު މަހު، އޭޖީ އޮފީހުން ވިދާޅުވީ އެގްރީމެންޓު ބާޠިލްވެފައިވާތީ ޖަވާބެއް ނެތް ކަމަށެވެ. އަދި އޮކްޓޯބަރު މަހު އެއްބަސްވުން އުވުނު ކަމަށް އޭޖީން އެންގިއެވެ. މާޗް 2023 ގައި އެއްބަސްވުން ބާޠިލްވުމާ ގުޅިގެން ކުންފުނިން 13.7 މިލިއަން ޑޮލަރު ދިނުމަށް އެންގިއެވެ.
އިހުސާން ވިދާޅުވި ގޮތުގައި، އެންމެ ފަހުން އޭޖީ އޮފީހުން އަންގާފައިވަނީ އޭރު އޮތް ސެޓްލްމަންޓް ކޮމިޓީއަށް މައްސަލަ ހުށަހަޅައިގެން އެއްބަސްވުމަކަށް ދިއުމަށެވެ. ނަމަވެސް، މި ލަފައަށް އަމަލުކުރުމުގެ ކުރިން ވެރިކަން ބަދަލުވެގެން ދިޔަ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
