
ކުރީގެ ސަރުކާރުތަކުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ފޫ ގޮސް، މައުލޫމާތުތައް ލީކްވެފައިވާ މައްސަލަ މި ސަރުކާރުން މިހާރު ވަނީ ހައްލުކޮށްފައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. އިހުސާން އެގޮތަށް ވިދާޅުވީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ވިދާޅުވެ، އެމްޑީޕީގެ 12 މެމްބަރުން ސޮއިކޮށް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ. އެމްޑީޕީގެ މެމްބަރުން އިހުސާނަށް އަމާޒު ކުރައްވައި މައިގަނޑު ތިން ތުހުމަތެއް ކުރެއްވިއެވެ. އެއް ތުހުމަތަކީ އިހްސާންގެ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ޑީއެންއާރުގެ ޑާޓާ ބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން ވެއްދި ކަމަށް ބުނާ މައްސަލައެވެ.
އިހުސާން ވިދާޅުވީ ޑީއެންއާރްގެ މައްސަލައާ ގުޅިގެން އީސީގެ ތަފާސްހިސާބުތައް ހޯއްދަވާފައިވާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުން ފެށިގެން 2023 ގެ ނިޔަލަށް 520 މީހުން އެ މީހުންނަށް ނޭނގި އެމްޑީޕީއަށް ވައްދާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. “އޭރު އަޅުގަނޑުތޯ ވަޒީރު ކަމަށް ހުރީ؟. ހަމަ މި ގޮނޑިތަކުގައި ތިބި ބޭފުޅުން ސޮއިކޮށްފައި ހުށަހަޅަނީ މި މައްސަލަ. އޭރު މި މައްސަލައިގައި ވަޒީރަކު ވެސް ހާޒިރެއް ނުކުރޭ. ޑީއެންއާރްގެ ވެރިއަކު ވެސް ހާޒިރުކޮށްފައެއް ނުވޭ. މި މައްސަލަ ނުބެލިގެން ވެސް މައްސަލައެއް ހުށަހަޅާފައެއް ނުވޭ.”މިނިސްޓަރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
އިހުސާން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު، ޑީއެންއާރު ޑާޓާ ބޭނުންކުރައްވައިގެން އެމްޑީޕީއަށް މެންބަރުން ވެއްދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ބުނާ ފޮޓޯއެއް ހިއްސާ ކުރައްވައިފައެވެ. އެ ފޮޓޯއިން ފެންނަނީ އެކަމަނާގެ ކުރިމަތީގައި ޑީއެންއާރްގެ ޑޭޓާތައް ޕްރިޓްކޮށްފައިވާ ފައިލެއް ކަށާއި އޭރު މި މައްސަލައިގައި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.
“ހަތެއް ސެޕްޓެމްބަރު 2023 ގައި ނޫހެއްގައި ވަނީ އެމްޑީޕީއން ކެމްޕޭނަން ދިވެހިންގެ މައުލޫމާތު ގަވައިދާ ހިލާފަށް ނަގާފައިވާ ކަމަށް ޑިމޮކްރެޓްސް އިން ތުހުމަތުކޮށްފައިވާ ކަމަށް. މީގެ ތަފްސީލަށް ބަލާއިރު ވޯޓް ވިއުގެ ނަމުގައި ސޮޕްޓްވެއާއެއް ހަދައި އޭގައި ޑީއެންއާރްގެ ދަފްތަރު އަދި އެންސްޕާ އާއި އާސަންދައިގައި ހުރި މައުލޫމާތުތައް ނަގައިގެން ހިމަނާފައިވަނީ. މިކަަށް ވެސް ޒިންމާވާންވީ އަޅުގަނޑުތޯ؟. އޭރު ދައުލަތުގައި ހުރި ހުރިހާ އެއްޗެއް ނަގައިގެން ޑޭޓާ ބޭސްއެއް ހަދައިގެން އުޅުނު ވާހަކަ މިއީ. އޭރު މި މައްސަލަ ބަލާފައެއް ނެތް. އެހެންކަމުން މިއަދު މި މައްސަލަ ހުށަހެޅި މެންބަރުންގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ.” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 2014 އަހަރުން ފެށިގެން ރާއްޖޭގެ ރައްޔިތުންގެ ޒާތީ މައުލޫމާތު ޑީއެންއާރްގެ ތެރެއިން ނަގައި އެކި ގޮތްގޮތައް ވިއްކަމުން ދިޔަ ކަމަށެވެ. އިންތިހާބުގެ ތެރޭގައި އެ މައުލޫމާތުތައް ހުރިހާ ބޭފުޅުން ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
މިދިޔަ އަހަރު ޕީއެންސީއަށް 40،000 މީހުން އިތުރުވެފައިވާ ކަމަށް އީސީގެ ތަފާސްހިސާބުތަކުންދައްކާ ކަމަށާއި އޭގެ ތެރޭގައި 180 މީހުން އެ މީހުންނަށް ނޭނގި ވައްދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މުއްދަތުގެ ތެރޭގައި 9000 މީހުން އެމްޑީޕީއިން މަދުވި ކަމަށާއި އަދި 140 މީހުން އެ ޕާޓީއަށް ގަވައިދާ ހިލާފަށް ވައްދާފައިވާ ކަމަށް އީސީގެ ތަފާސްހިސާބުތަކުންދައްކާ ކަމަށް ވިދާޅުވިއެވެ. ޑީއެމްއާރްގެ ޑޭޓާ ނަގާފައި ގަވައިދާ ހިލާފަށް ޕާޓީތަކަށް މީހުން އަބަދު ވެއްދުމަކީ އެއީ އެމަނިކުފާނު ކުރާކަމެއްތޯ މިނިސްޓަރު ސުވާލުކުރެއްވެވިއެވެ.
“މީހަކަށް ނޭނގި ޕާޓީއަށް ވައްދާ މައްސަލަ ހުށަހެޅުމުން ފޯރަޖީގެ މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގަށް ސާބިތުވާނަމަ ޕީޖީ އޮފީހަށް ފޮނުވަނީ. މީގެ ސާފު ހެއްކެއް ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރަކީީ މިފަދަ މައްސަލައެއްގައި 2012 ވަނަ އަހަރު ތަހުގީގުކޮށް ތަހުގީގަށް ސާބިތުވެ އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައި ދައުވާކުރަން ފޮނުވުމުން 2016 ވަނަ އަހަރު ޕީޖީ އޮފީހުން ދައުވާ ނުކުރަން ނިންމި ބޭފުޅެއް. އެހެންވީަ މިކަމުގައި އެކްސްޕީރިއަންސް ހުރި ބޭފުޅުން މައްސަލަ މި ހުށަހަޅުއްވަނީ.” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިކަމަށް ވާހަކަދައްކާ ދައްކާ ހުރިހާ ސަރުކާރުތަކުގައި ޑީއެންއާރްގެ ފޫ ގޮސްފައި އޮއްވާ މިހާރު އީސީއާއި ގުޅިގެން މި މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. މިހާރު އީފާސް ބޭނުންކޮށްގެން އެ މީހަކަށް އެނގިގެން ނޫނީ ސިޔާސީ ޕާޓީއަކަށް ނުވެއްދޭނެ ކަމަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
