
ޒަކިއްޔާ މަރުގެ މައްސަލައިގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަދި ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ހޮޅުދޫ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ހޮޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ސައްތާރު މުހައްމަދު މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޒަކިއްޔާ މަރުގެ މައްސަލައިގައި ހޮޅުދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެއްވުމަށް ރައްޔިތުންނާއި ބައްދަލު ކުރުމަށް ހޯމް މިނިސްޓަރު އަދި ސީޕީ ވަރަށް އަވަހަށް ހޮޅުދޫ އަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. އެ ދެ ބޭފުޅުން އެ ރަށަށް ވަޑައިގަންނަވާނީ މިއަދުގެ ވަގުތެއްގައެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި ހޮޅުދޫގައި ކޮންމެ ދުވަހަކު ހެން ދަނީ މުޒާހަރާ ކުރަމުންނެވެ. އުމުރުން 50 އަހަރުގެ ޒަކިއްޔާ ބޮޑެތި ޒަހަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިން ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރުއެވެ. އޭނާ އަކީ ޑިޕްރެޝަނަށް ފަރުވާ ހޯދާ މީހަކަށް ވާތީ އެންމެ ފުރަތަމަ އޭނާ މަރުވީ އަމިއްލައަށް ކަމަށް އަޑު ފެތުރުނު ނަމަވެސް، ފުލުހުން ޖިނާއީ ތަހުގީގެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އޭނާގެ ކަރުގައި ޒަޚަމްތަކެއް ހުރުމާއި، ކައިރީގައި ވަޅިއެއް އޮތުމުން މި މަރާމެދު ޝައްކުތަކެއް އުފެދުނެވެ. ރަށުގެ ގިނަ ބަޔަކު ޒަކިއްޔާ މަރާލީ ކަމަށް ތުހުމަތުކުރާއިރު، އެފަދަ ހެއްކެއް އަދި ނުލިބޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ކުރިން ދީފައިވާ މަޢުލޫމާތުގައި، ޒަކިއްޔާގެ ހަށިގަނޑުން މީހަކު ދޭ ޒާތުގެ އަނިޔާއެއް ނުފެންނަ ކަމަށް ޕެތޮލޮޖިސްޓް ޑޮކްޓަރަކު ލަފާދީފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޒަކިއްޔާ މަރުވީ އަމިއްލައަށްކަން ނުވަތަ މީހަކު މަރާލީކަން ފުލުހުން އަދި މުޅިން ނުނިންމައެވެ. މި މައްސަލައިގައި ރަށުތެރޭގައި ހަމަނުޖެހުންތަކެއް ހިނގައި، ޒަކިއްޔާގެ ދޮށީ ދަރިފުޅު މޫސާ ރިމްޒީ ހައްޔަރުކޮށް ފަހުން ދޫކޮށްލާފައިވެއެވެ. އަދި ޒަކިއްޔާގެ ޢާއިލާގެ މެދުގައި ވެސް އެކި ތުހުމަތުތައް ކުރެވި، ގިނަ ވާހަކަތަކެއް ރަށުތެރޭގައި ފެތުރެމުންދާ ކަމަށް ބުނެވެއެވެ.
About Post Author
މާދަމާ ނިއުސް
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
