
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވާނަމަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ހުރިހާ ވެރިން ތިއްބަވާނީ ޖަލުގައި ކަމަށް ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. އިހުސާން މިހެން ވިދާޅުވީ އޭނާ މައްޗަށް އިތުބާރު ނެތް ކަމަށް ވިދާޅުވެ، އެމްޑީޕީގެ 12 މެމްބަރުން ސޮއިކޮށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ. އެމްޑީޕީގެ މެމްބަރުން އިހުސާނަށް އަމާޒު ކުރައްވައި މައިގަނޑު ތިން ތުހުމަތެއް ކުރެއްވިއެވެ.
އެގޮތުން އެއް ތުހުމަތަކީ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް އިހްސާން ހުރަސް އަޅުއްވާ ކަމުގެ ތުހުމަތެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
އެކަމާ ގުޅިގެން އިހުސާން ވިދާޅުވީ އެއީ ކަނޑައެޅިގެން ތާކުންތާކުން ޖެހޭ ވާހަކައެއް ނޫން ކަމަށެވެ. “އަޅުގަނޑު ސިޔާސީ ނުފޫޒް ފުލުހުންގެ ތެރެއަށް ފޯރުވާނަމަ މިދިޔަ ސަރތުކާރުގެ ހުރިހާ ވެރިން ތިބޭނީ ޖަލުގައި. އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ އެ ބޭފުޅުން މިހާރު ވެސް މިނިވަން ކަމާއެކު އެ ތިބީ. ކަމެއް ގޯސްކޮށް ނުކުރެވިގެނެއް ނޫން.” އިހުސާން ވިދާޅުވިއެވެ.
ފުލުހުންނަށް ދީފައިވާ ގާނޫނީ ބާރުގެ ތެރެއިން މައްސަލަތައް ތަހުގީގު ކުރަމުންދާ ކަން ފާހަގަ ކުރައްވައި އިހްސާން މިސާލު ނެންގެވީ އެޗްޑީސީ ފަދަ ބައެއް ކުންފުނިތަކާއި މުއައްސަސާތަކުގައި މި ފަހުން ހިންގި ކޮރަޕްޝަންގެ މައްސަލަތަކަށެވެ. އިހްސާން ވިދާޅުވީ ސިޔާސީ ބާރޭއް ނުފޯރުއްވާނެ ކަމަށާއި އެކަން ކުރަން ޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
“ކަރެކްޝަނަލް ސާވިސްގެ މައްސަލައާއި ކަސްޓަމްސްގެ މައްސަލައާއި އިމިގްރޭޝަންގެ މައްސަލަ، އެފްއެސްއެމްގެ މައްސަލަ، އެޗްޑީސީގެ މައްސަލަ ހައުސިން މިނިސްޓްރީގެ މައްސަލައިގެ ތަހުގީގުތައް މިހާރު ފުލުހުން އެބަ ހިންގާ. މިއީ ސަރުކާރުގެ މުއައްސަސާތަކޭ ސަރުކާރަށް ނިސްބަތްވާ މީހުންނޭ އެތާގައި ތިބީ.” އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ އެ މައްސަލަތަކަށް އޭނާ ހުރަސް އަޅާނަމަ އެއްވެސް މައްސަލައެއް ނުހިނގާނެ ކަމަށެވެ. މިދިޔަ ފަސް އަހަރު ކިތައް މައްސަލަ ހިނގައިދިޔަތޯ ސުވާލު ކުރައްވަމުން އިހުސާން ވިދާޅުވީ މިހާރު ބަލަމުންދާ ގިނަ މައްސަލަތަކަކީ މިދިޔަ ފަސް އަހަރު ހިނގާފައިވާ ކަންކަން ކަމަށެވެ. އެ މައްސަލަތައް ބަރާބަރަށް ތަހުގީގުކުރަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
