
އަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެއްޖެނަމަ، އިޓަލީގެ އޭސީ މިލާނުން އެ ކުލަބުގެ މުހިންމު ތަރިން ވިއްކާލަން ތައްޔާރުވެއްޖެއެވެ. އިޓަލީގެ އޭސީ މިލާން އަކީ ޗެމްޕިއަންސް ލީގުގެ ކާމިޔާބު ކުލަބެކެވެ. ނަމަވެސް ފަހަކަށް އައިސް އެ ކުލަބަށް ލީގުގައި މާ އެދެވޭ ނަތީޖާތަކެއް ނުނެރެވޭތީ، އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. މިގޮތަށް މިކަން ވެއްޖެނަމަ މިލާނުން އެކުލަބުގެ މުހިންމު ތަރިން ވިއްކާލަން ނިންމާފައިވާކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
އޭސީ މިލާން މިވަގުތު އޮތީ އިޓާލިއަން ސެރީއާގެ ހަތް ވަނައިގައެވެ. ޗެމްޕިއަންސް ލީގުގެ ޖާގަ ލިބެނީ ގަދަ ހަތަރަކަށެވެ. ލީގުގެ ހަތަރުވަނައިގައި އޮތް ޔުވެންޓަސް އާއި އޭސީ މިލާންއާ ދެމެދު އަށް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެކުލަބުގެ ވިސްނުން ހުރީ ކުލަބުގައި ބޮޑު މުސާރަދޭ ތަރިންތަކެއް ވިއްކާލާށެވެ. އޭގެ ތެރޭގައި ގޯލްކީޕަރު މައިކް މައިނަން، ޑިފެންޑަރ ތިއޯ ހެނާންޑޭޒް އަދި ރަފައެލް ލިއާއޯ ހިމެނެއެވެ. މި ކުޅުންތެރިން ވިއްކާލަން ކުލަބުން ނިންމާފައިވަނީ ކޮންޓްރެކްޓް އާކުރެވޭނެކަމުގެ ޔަގީންކަން ނެތުމާއި، މާލީ ގޮތުން ދަތިތަކާ ކުރިމަތިވެދާނެތީއެވެ.
ކީޕަރު މައިނަން އާއި ތިއޯ ހޭނާންޑޭޒް މިލާނާއިއެކު ހަދާފައިވާ ކޮންޓްރެކްޓް 2026ގެ ޖޫންގެ ނިޔަލަށް ހަމަވާނެއެވެ. މީގެ ތެރެއިން މައިނަންއަށް އާ ކޮންޓްރެކްޓެއް ދޭން ކުލަބުން އޮތީ ނިންމާފައެވެ. ފަސް މިލިއަން ޔޫރޯގެ މުސާރައަކާއިއެކު އޭނާ ކޮންޓްރެކްޓް ތިން އަހަރަށް އިތުރުކުރަން ކުލަބުން އޮތި ތައްޔާރަށެވެ. ނަަމަވެސް މިކަމަށް ކުޅުންތެރިޔާ އަދި އެއްބަހެއްނުވެއެވެ. އަނެއްކޮޅުން އަނިޔާގެ މައްސަލަތަކުގެ ސަބަބުން ސީޒަންގެ މުހިންމު މެޗުތަކުގައި މިލާނަށް އޭނާގެ ބޭނުމެއް ނުހިފެއެވެ.
ތިއޯ ހެނާންޑޭޒް އޭސީ މިލާނާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރަން ކުލަބުން މަޝްވަރާތައް ފެށިނަމަވެސް އެކަމަށް މާ ބޮޑު ކުރިއެރުމެއް ނުލިބެއެވެ. ބެލެވޭ ގޮތުގައި މި ސީޒަނަށްފަހު ތިއޯ އޭސީމިލާން ދޫކޮށްލުން ގާތެވެ. މައިނަން އާއި ތިއޯ އާ ހިލާފަށް ރަފައެލް ލިއާއޯ އޭސީ މިލާންއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވަނީ 2028ގައެވެ. އޭނާގެ ރިލީސް ކްލޯސް 175 މިލިއަން ޔޫރޯގައި އުޅޭއިރު، މިދިޔަ ޓްރާންސްފާގައިވެސް އޭނާ ހޯދުމަށް ބައެއް ކުލަބުތަކުން މަސައްކަތްކުރިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
