
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދ. މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ރޭ އެރަށުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މި މުހިންމު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެއްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ރޭ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، މި ފަހަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށެވެ. ކުރީގެ ސަރުކާރުން ބަނދަރު ހެދުމަށް ރޭވިފައިވަނީ ރައްޔިތުންގެ ބޭނުންތަކަށް ފުރިހަމައަށް އަމާޒުކުރެވިފައި ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މީދޫގެ ބަނދަރުގެ މަސައްކަތަކީ ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށެވެ. ނަމަވެސް އޭރު އެ މަސައްކަތް ކުރަން ނިންމާފައި އޮތީ ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
“އެއް ކަމެއްގެ ގޮތުގައި މިއަދު ސޮއި ކުރެވުނު ބަނދަރުގެ މަޝްރޫއު، ބަނަދަރުގެ މަސައްކަތް، ބަނދަރު ބޮޑުކުރަން ހަވާލުކޮށްފައި އޮތީ އަޅުގަނޑު ވެރިކަމާ ހަވާލުވީއިރުވެސް. އެހެންނަމަވެސް އެކަން ކުރަން ހަމަޖެހިފައި އޮތް ގޮތް އެއީ އަދި މުޅިން ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މީދޫއަކީ މަސްވެރިކަން ކުރިއަރާފައިވާ، ގިނަ އަދަދެއްގެ މަސްދޯނިފަހަރު އޮންނަ ރަށެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބަނދަރު ތަރައްޤީކުރެވޭނީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ގޮތަށް ކަމަށް ވިދާޅުވިއެވެ. މި މަޝްރޫޢުއަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދާދި އަވަހަށް މަސައްކަތުގެ ޢަމަލީ މަރުޙަލާ ފެށި، ބާރު ދުވެއްޔެއްގައި މަސައްކަތް ނިންމައިދޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
“މިރަށުގެ ރައްޔިތުން މަސްވެރިން ބޭނުން ވަނީ މި ބަނދަރު އެތައް ގޮތަކުން ބޮޑުވެގެން ދާން. ބޭރު ތޮއްޓަށް ގެންނަންވާ ކުރިއެރުން، އެއްގަމު ތޮށީގެ އިތުރު ބައިތައް، ހިއްކާފައި އޮތްތަނާއި ގުޅިގެން ދިޔުން، ފުންވިލުގެ ބޭރުން އިތުރު ތޮއްޓެއް ލުން މިފަދަ ގިނަ ކަންތައްތަކެއް.” ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
