
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެމްބަރުންނަށް އެލަވަންސް ދިނުމުގެ ބަދަލުގައި ރަސްމީ މުސާރަ އާއި ރޯދަމަހުގެ އިނާޔަތް ލިބޭ ގޮތަށް ގެނައި ބަދަލާއި ގުޅިގެން އެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެ، އެ ބޭފުޅުންނަށް ރަމަޟާން މަހުގެ އިނާޔަތްތައް ޖަމާވަމުންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރަމަޟާން މަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަވަން ނިންމަވާފައިވާކަން ރައީސް އިއުލާން ކުރެއްވީ ޑިސެމްބަރު 14 ވަނަ ދުވަހު އދ. ދަނގެތީގައި ބޭއްވި ޖަލްސާގައެވެ.
އަދި އެ އިސްލާހު ގެނައުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ފެބްރުއަރީ 10ގައެވެ. ބިލުގައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ތެރެއިން ރޯދަ މަހުގެ އިނާޔަތް ނުލިބޭ ކޮންމެ މެމްބަރަކަށް، ކޮންމެ އަހަރެއްގެ ރޯދަމަސް ފެށުމުގެ ކުރިން 3،000ރ. ދިނުމަށެވެ. މި ބިލް މަޖިލީހުން ފާސްކޮށް، މި މަހުގެ 19 ވަނަ ދުވަހު ރައީސް ވަނީ މަޖިލިހުން ފާސް ކުރި އެ ބިލް، ތަސްދީގު ކުރައްވާފައެވެ.
ރޭ މީދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އަންހެނުންގެ ތަރައްގީއަަށް މަސައްކަތް ކުރާ ކޮމެޓީ ތަކުގެ މެންބަރުންނަށް މަރުހަބާ ދަންނަވަން ބޭނުންފުޅުވާ ކަމަށެވެ. “މި މެންބަރުންނަށް އަޅުގަނޑު ވައުދުވީ ރަމަޟާން މަހުގެ އިނާޔަތް ހަމަޖައްސާ ދޭނަމޭ، ގާނޫނުގެ އަކަމުގެ ހުރަސް އޮތީމަ، މަޖިލީސްގެ ތެރެއިން، އެކަން ހަމަޖައްސަދީ މިހާރު އެ ދަނީ ޑަބްލިވްޑީސީގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ޖަމާވަމުން، މިހާރު ފިނޭންސް މިނިސްޓްރީން ވަނީ ހުރިހާ ކައުންސިލްތަކަށް އަންގަވާފައި، މި ހަފްތާ ނިމެންވާއިރަށް ހުރިހާ ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އިނާޔަތްދީ ނިންމަން،”. ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އެ މެންބަރުންނަށް މަރުހަބާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިސް ކުރަނީ ދިވެހި ރައްޔިތުން ކަމަށާއި، އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް އެމަނިކުފާނަށް ތަފާތު ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަންހެނުން ބާރުވެރި ކުރުވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަހުރަކާއި ޒިންމާއެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
