
ގުޅިފަޅުގައި ނުހިއްކާ އޮތްތަނުން ގޯތި ލިބުނު ހުރިހާ އެންމެންނަށްވެސް ގޯތި ލިބޭ ގޮތަށް ލޭންޑް ޔޫސް ޕްލޭން ބަދަލު ގެެނެސްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ. ރައީސް މިހާރު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ މީދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާަހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގުޅިފަޅުން ގޯތި ލިބުނު އެތައް ހާސް ބަޔަކު އެބަ ތިބި ކަމަށާއި، ހިއްކާފައި އޮތް ސަރަަހައްދާއި ފުން ސަރަހައްދުންވެސް ގޯތި ލިބުނު މީހުން އެބަ ތިބި ކަަމަށެވެ.
“އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ގުޅިފަޅުން ގޯތި ލިބުނު ރައްޔިތުންނަށްވެސް، އަޅުގަނޑުމެން މިހާރު ގުޅިފަޅު ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށްފީމޭ، އިރާދަކުރެއްވިއްޔާ ނުހިއްކާ އޮތްތަނުން ގޯތި ލިބުނު ހުރިހާ އެންމެންނަށްވެސް އަދި މިހާރު ހިކިފައި އޮތް ބިމުންވެސް ހަމަޖެހިގެން ދާނެ،”. އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުގެ ތެެރެއިން، ހިއްކާފައި އޮތް ސަރަހައްދުން ގޯތި ދިނުން ކުރިއަށް ދާނެ ކަމަށެވެ. އަދި އެތަނުގައި ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރެވިގެން ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސްކޫލާއި، ހޮސްޕިޓަލް ފަދަ ތަންތަން ހިމެނެއެވެ.
“އެ ހުރިހާ ތަނެއް ހިމެނޭގޮތަށް، ނުހިއްކާ ހުރި ސަރަހައްދުގައި ހުރި ގޯތިތައްވެސް، ހިއްކި ސަރަހައްދަށް ބަދަލުވެ، ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ހުރިހާ ރައްޔިތުންނަށް ގުޅިފަޅުން ގޯތި ލިބުނު ހުރިހާ ރައްޔިތުންނަށް ރަޖިސްޓްރީ ހަވާލު ކޮށް ނިންމާނަން،”. އެމަނިކުފާނު ވިދާޅުވިއެވެ. އެއާއެކު އަމަލީ ގޮތުން ގޯތީގެ ކަޑަ ޖަހާ އިން ވަކިކޮށް ގޯތި ހަވާލު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
“ހަމައެކަނި ނުދެވޭނީ ބްރިޖްގެ މަސައްކަތަށް ބަންދުކޮށްފައި އޮތް ސަރަަހައްދު، އެތަނުން ގޯތި ލިބުނު ބަޔަކުވެސް އެބަ ތިބި، އެހެންވީމަ އެތަނުން ގޯތި އަރާ ފަރާތްތައް ފިޔަވާ އެހެން ހުރިހާ އެންމެންގެ ގޯތިތައް ހުރި ތަނުން ކުރިއަށް މި އޮތް ދެ ތިން މަސް ތެރޭގައި އަމަލީ ގޮތުން އެ މީހާގެ ގޯތި އެ މީހާއާ ހަވާލުކޮށް ނިންމާނަން،”.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
