
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އުނދަގޫ ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހާރު ދ. އަތޮޅުގެ ރަށްތަކަަަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ބޭސް ލިބުމުގައި ރައްޔިތުންނަށް ގިނަ އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެއްވެސް ފަރާތަކަށް ރައްޔިތުންނަށް އުނދަގޫ ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
“ޕްރައިވެޓް ސެކްޓާއިން ރައްޔިތުންނަށް އުނދަގޫ ކުރުމަށް މިކުރި މަސައްކަތް އެއްކޮށް އަޅުގަނޑުމެން ހައްުކުރާނަން.” ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ރަށްތަކުގައި ބޭސް ފިހާރަ ހުޅުވާ ފަރާތްތަކުންވެސް ނާޖާއިޒް ފައިދާ ނަގައިގެން މުއްސަނދިވާތަން ފެންނަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަމިއްލަ ކުންފުނިތަކުން ކުރަމުން އައި އުނދަގޫތައް ސަރުކާރުން ހުއްޓުވާލުމުން ގިނަ މައްސަލަތައް އުފެދިގެން އައި ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ބޭސް ރަށްރަށް ގެންދިޔުމުގައި ސަރުކާރުން ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށާއި ބޭސް ފިހާރަތައް ހިންގާ ފަރާތްތަކުން ރައްޔިތުންނަށް އުނދަގޫ ކުރަން ގަސްތުގައި އެކަން އެގޮތަށް ކުރީ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. “ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި އެ އިސްރާފު އަޅުގަނޑުމެން ހުއްޓުވީ. ހުއްޓުވީ ރައްޔިތުންނަށްޓަކައި. އެ އިސްރާފް ހުއްޓުވައިގެން އެ ލިބޭ ފައިސާއިން އަޅުގަނޑުމެން ސިއްޚީ ނިޒާމު ވަރުގަދަކޮށް މިކަހަލަ ތަރައްޤީގެ މަޝްރޫއުތައް ހިންގަން ފައިސާ މި ސޭވްކުރީ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އަމިއްލަ ކުންފުނިތަކުން ބޭހަށް ކުރަމުންދިޔަ އިސްރާފު ހުއްޓާލުމުގެ ސަބަބުން 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެއެެވެ. އަދި އެއްވެސް ވިޔަފާރިއެއް ކުރާ ފަރާތަކަށް ވިޔަސް ރައްޔިތުންނަށް އެކަމަކުން ދަތި އުނދަގޫތައް ކުރިމަތިވާ ނަމަ ސަރުކާރުން އެކަން ހުއްޓުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. “އެއްވެސް ފަރާތަކަށް ރައްޔިތުންނަށް ދަތިކުރުމުގެ ފުރުސަތެއް މި ސަރުކާރަކުން ނުދޭނަން.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އުނދަގޫ ކުރުމަށް ގިނަ މަސައްކަތެއް ކުރަމުން ދިޔަ ނަމަވެސް އެ ފުރުސަތު ސަރުކާރުން ނުދެއްވާނެ ކަމަށެވެ. މީގެއިތުރުން ރައްޔިތުން ދިމާވެފައިވާ ޑޮލަރުގެ ދަތިކަންވެސް މި ސަރުކާރުން ހައްލުކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ބޭނުންފުޅުވަނީ އެންމެ މުއްސަނދި މީހާ އާއި އެންމެ ފަޤީރު މީހާވެސް ހަމަހަމަ ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދުލުވެރި ވެރިކަމަކީވެސް އެއީ ކަމަށާއި އަދުލުވެރިވުމަކީ އެމަނިކުފާނަށް އޮތް ޒިންމާއެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އަދުލުވެރިވުމަށްޓަކައި ރައްޔިތުންނަށް ލުއި ފަސޭހަވާ ގޮތަށް ކަންކަން ފަހިކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
