
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދ. އަތޮޅުގެ ރައްޔިތުންނަށް އެއަތޮޅު އުއްދޫ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިދެއްވައިފިއެވެ. ރައީސް މިހާރު ދ. އަތޮޅުގެ ރަށްތަކަަަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ މީދޫ ރައްޔިތުންނާއެކު ބޭއްްވި ބައްދަލުވުމުގައި އެ އަތޮޅުގެ ރައްޔިތުން ދަތުރު ދާނެ ރަށެއްގެ ގޮތުގައި އުއްދޫ ހަމަޖައްސަވާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. އަދި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މީދޫގެ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ވިދާޅުވީ މީދޫގެ ތަރައްޤީއަށްޓަކައި މިރޭ ސޮއިކުރެވުނު މަޝްރޫއުތަކަކީ އެރަށަށް ވަރަށް މުހިންމު ކަންތައްތަކެއް ކަމަށާއި އެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މީދޫގެ އިހުތިސާސްގެ ތެރޭގައި އޮތް “އުއްދޫ” ކިޔާ ފަޅު ރަށަކީ މީގެ ކުރިން ވިޔަފާރިވެރިޔަކު ފިޔާވާރި ކުރުމަށް ދޫކޮށްފައިވާ ރަށެއް ކަމަށާއި އެރަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމާއި ގުޅިގެން މިހާރު ވަނީ އެރަށް ސަރުކާރަށް ނަގާފައި ކަމަށެވެ. އަދި މިއަދުން ފެށިގެން އެރަށް މީދޫގެ ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސައިދެއްވާފައެވެ.
“އެހެންވީމަ އެރަށް، މިރަށާއި މިއަތޮޅުގެ ރައްޔިތުން ދަތުރު ގޮސް، ޕިކްނިކް ގޮސް ހެދުމަށް އަޅުގަނޑުމެން މި ކަނޑައެޅީ. އެރަށް އެގޮތުގައި ތިބޭފުޅުންނަށް މިހާރު މިވަގުތުން ފެށިގެން ހުޅުވާލެވުނީ. ” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެރަށުގައި މިހާރު ހިނގަމުންދާ މަޝްރޫއުތަކަށް ބަލާއިރު، އައިސްޕްލާންޓުގެ މަސައްކަތް މިހާރުވެސް ބާރު ސްޕީޑުގައި ކުރިޔަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ހުއްޓިފައި ހުރި މަޝްރޫއުތައް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށާއި ސްކޫލުގެ މަލްޓީޕާޕަސް ހޯލު ގިނަވެގެން ތިން މަސްދުވަސްތެރޭ ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީދޫގެ ތަރައްޤީއަށް ސަރުކާރުން ކުރަން ނިންމާފައިވާ ބައެއް ކަންތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މީދޫގެ ބަނދަރުގެ މަސައްކަތަކީ ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށެވެ. ނަމަވެސް އޭރު އެ މަސައްކަތް ކުރަން ނިންމާފައި އޮތީ ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
“އެއް ކަމެއްގެ ގޮތުގައި މިއަދު ސޮއި ކުރެވުނު ބަނދަރުގެ މަޝްރޫއު، ބަނަދަރުގެ މަސައްކަތް، ބަނދަރު ބޮޑުކުރަން ހަވާލުކޮށްފައި އޮތީ އަޅުގަނޑު ވެރިކަމާ ހަވާލުވީއިރުވެސް. އެހެންނަމަވެސް އެކަން ކުރަން ހަމަޖެހިފައި އޮތް ގޮތް އެއީ އަދި މުޅިން ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން ހަމަޖެހިފައި އޮތީ.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މީދޫއަކީ މަސްވެރިކަމުގައި ކުރި އަރައި މަސްވެރިކަމަށް ބޭނުންކުރާ ގިނަ އުޅަނދުތައް އޮންނަ ރަށަކަށްވާއިރު، މި ބަނދަރު ވާން ޖެހޭނީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ބޭނުން ހިފޭ ގޮތަށް އޮތް ބޮޑު ބަނދަރަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ހިމެނޭހެން ހަމަޖެހިފައި އޮންނަ ޤަވައިދުތަކުގެ ތެރެއިން ވަކި މަޝްރޫއެއްގެ ގޮތުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ބާރު ސްޕީޑުގައި ބަނދަރުގެ މަސައްކަތް ނިންމާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“މިރަށުގެ ރައްޔިތުން މަސްވެރިން ބޭނުން ވަނީ މި ބަނދަރު އެތައް ގޮތަކުން ބޮޑުވެގެން ދާން. ބޭރު ތޮއްޓަށް ގެންނަންވާ ކުރިއެރުން، އެއްގަމު ތޮށީގެ އިތުރު ބައިތައް، ހިއްކާފައި އޮތްތަނާއި ގުޅިގެން ދިޔުން، ފުންވިލުގެ ބޭރުން އިތުރު ތޮއްޓެއް ލުން މިފަދަ ގިނަ ކަންތައްތަކެއް.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް އިތުރަށް ވިދާޅުވީ މީދޫގެ 14 މަގު ހެދުމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް އެރަށުގެ ހިއްކި ސަރަހައްދު އުސްކޮށް އޮތުމުން ވެހުމުން ރަށުތެރެޔަށް ފެންގަނޑު ދާނެތީ، ފެންހިންދާ ނިޒާމެއް ރަށާއި ހިއްކި ފަސްގަނޑު ގުޅޭ ތާނގައި ޤާއިމުކުރާނެ ކަމަށެވެ.
“މި 14 މަގު ހެދިގެންދާއިރުގައި، އާންމުކޮށް ރައްޔިތުން ބޭނުން ހިފާ ހުރިހާ ޚިދުމްތަތަކަކަށް ވާސިލުވާނެ ފަސޭހައިން. މައި ހުރިހާ މަގެއް. އެހެންވީމާ ޖުމްލަކޮށް ވަރަށް ރަނގަޅު ރޯޑް ނެޓްވޯކެއް މީގެތެރެއިން ޤާއިމުވެގެން މިދަނީ.” ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މީދޫގެ ތަރައްޤީއަށްޓަކައި ކުރަން ހުރި ހުރިހާ މަސައްކަތެއްގައި ސަރުކާރުގެ ތެރެއިން ފުރިހަމަ އެއްބާރުލުން ދީ ކުރިޔަށް ގެންދާނެ ކަމަށް ރައިސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
