
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މެޑިކަލް މާފިއަށް ފުރުސަތެއް ނެތް ކަމަށާއި، ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދަވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފިއެވެ. ރައީސް މިހާރު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާަހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބޭސްތައް ގެންނަމުންދާ ކުންފުނިތަކުން ދަތި ކުރުމުގެ ފިޔަވަޅު އަޅަން ފެށި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޭސް ލިބުމަށް ދަތިވި ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅަން ފެށި މި ފިޔަވަޅަކީ %1000، %2000 ޕްރޮފިޓް ލާފައި، އާސަންދަ ތެރެއިން ތިބޭފުޅުންގެ ޓެކްސް ފައިސާ ބޭހުގެ ވިޔަފާރި ކުރާ އެތައް ބަޔަކު ދިޔައީ ފައިސާ ނަގަމުން، އެއީ ބޮޑު އިސްރާފެކޭ، އަޅުގަނޑުމެން އެކަން ހައްލު ކުރީ، ޕްރައިސް ކަޓް ޑައުން ކުރީ، އެސްޓިއޯގެ ރޭޓަށް ތިރި ކުރީ، ތިރި ކުރީމަ ބޭސް ގެންނަ ފަރާތްތަކުން ދަތި ކުރަން ފެށީ. ދަތި ކުރަން ފެށީމަ ބޭސް މަދުވީ،”. އެމަނިކުފާނު ވިދާޅުވިއެވެ. އެ މައްސަލަ ހައްލު ކުުރުމަށް މިހާރު އެސްޓިއޯއިން ފިނޭންސްގެ ހާއްސަ އެހީތެރިކަމެއް ދީގެން ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
“މެޑިކަލް މާފިއާއަށް ބޭސްތައް ކޮންޓްރޯލް ކުރުމުގެ ޗާންސެއް އަޅުގަނޑުމެން ނުދޭނަން، އަޅުގަނޑުމެން މި ދަނީ އެމްއެފްޑީއޭއިން އެޕްރޫވްޑް މެޑިސިން ލިސްޓްގައި ހުރި ހުރިހާ ބޭހަކާއި އެސެންޝިއަލް ލިސްޓުގައި ހުރި ހުރިހާ ބޭހެއް ފުރަތަމަ ގެންނާނެ،”. މިގޮތުން މާރިޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެމްއެފްޑީއޭގެ އެސެންޝިއަލް ލިސްޓުގައި ހިމެނޭ ހުރި ހުރިހާ ބޭހެއް ގެނެސް ހަމަކޮށް، އެ ދުވަހުން ފެށިގެން އެސްޓިއޯގެ ބޭސް ފިހާރަތަކުން އެ ލިސްޓުގައި ހުރި ހުރިހާ ބޭހެއް، އެއްވެސް ކަންބޮޑުވުމެއް ނެތި ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަަމަށް ރައީސް ވިދާޅުވިއެވެ.
“ހަމަ އެއާ އެކީގައި ދެން ހުރި ހުރިހާ މެޑިސިންއެއްވެސް، އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ، ހުރިހާ ބޭހެއް އޭގެ އެއް މަސް ދުވަސް ފަހުން 15 އޭޕްރިލް އިން ފެށިގެން އެސްޓިއޯގެ ހުރިހާ ބޭސް ފިހާރައަކުން ލިބެމުންދާނެ،”. ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ 15 މާރިޗް އިން ފެށިގެން އާއްމު ނަގާ ހުރިހާ ބޭހެއް ހަމަޖެހިގެންދާނެ ކަން ފާަހަގަކުރައްވާފައެވެ. އޭގެ ފަހުން ދެން ހުރި ހުރިހާ ބޭހެއް 15 އޭޕްރިލް އިން ފެށިގެން ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
