
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މަސްވެރިންނަށް ރޯދަ އިނާޔަތް ހަމަޖައްސާ ދެއްވާނެ ކަމަށް ރަައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހާރު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާަހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ފަންނުތަކުގެ ބޭފުޅުންނަށް، މިސާލަކަށް ގާނޫނީ ގޮތުން ކަންކަން ފަހިކޮށްގެން ކުރިއަށް އޮތްތަނުގައި މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ހަމަޖައްސަން ބޭނުންފުޅުވާ ކަމަށެވެ.
“ގާނޫނީ ގޮތުން ކަންކަން ފަހިކޮށްގެން، ކުރިއަށް އޮތްތަނުގައި މަސްވެރިންނަށްވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބޭނުންވަނީ ރޯދަ އިނާޔަތް ލިބޭ ގޮތް ހަދަން، ހަމަ އެގޮތަށް ދެން ހުރި ފަންނުތަކުގެ ބޭފުޅުންނަށްވެސް، އެކަން ކުރުމަށް އެބަ އޮތް ބައިވަރު މަރުހަލާތައްވެސް،”. ރައީސް ވިދާޅުވެފައި ވެއެެވެ.
- އޭގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ރައިސް ފާހަގަކުރެއްވީ މަަަސްވެރިންގެ ދަފްތަރެއް ހެއްދުވުމެވެ. މަސްވެރިންނަކީ “ކޮންޓިނުއަސް ރެގިއުލާ އިންކަމެއް” ލިބޭ ބައެއްކަން ބޭންކް ނިޒާމެއް މީގެ ކުރިން ނުދަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
“އެހެންވީމަ އަޅުގަނޑުމެން ގާނޫނީ ގޮތުން ބަލައިގަންނަ ދަފްތަރެއް މި އުފެއްދީ، އެކަމުގެ އުސޫލު ގެޒެޓްކޮށްގެން، އެ ދަފްތަރުގައި ޖެހޭ ފަރާތްތަަކަށް ކުރިއަށް އޮތްތަނުގައި ބޭންކިންގ ނިޒާމްގެ ތެރެއިން ލޯނު ނެގުމާއި، އެސްޓީއޯގެ ސްކީމްގެ ތެރެއިން އެހީތެރިކަން ހޯދުން ފަދަ ކަންކަން ފަހިވެގެން ދާނެ މި އަހަރު ތެރޭގައި، ކުރިއަށް އޮތް ދުވަސްތަކުގައި މަރުހަލާތަކުގެ ތެރެއިން ގޮސް، އަޅުގަނޑު އުއްމީދު ކުރަނީ، ދެެކެން ބޭނުންވަނީ މާލަސްތަކެއް ނުވެ، ހަމަ ރޯދަ އިނާޔަތް ވެސް ލިބޭ ބަޔަކަށް އަޅުގަނޑުމެންނަށް ހަމަޖެެއްސޭނެ ކަަމަށް،”. ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ނިޒާމުގެ ތެރެއިން މަސައްކަތެއް ކުރާ މުސްލިމުންނަށް ރޯދަ އިނާޔަތް ދޭން ޖެހޭނެ ކަަމަށެވެ. އަދި އެ ހިސާބަށް ވާސިލް ވުމުގެ ތެރެއިން ކުރެވޭ ކަންކަން ކުރިއަށްދާ ކަަމަށް ވިދާޅުވިއެވެ. މި ސަރުކާރުން މުޅިން އަލަށް ވަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުންނަށް ރޯދަ އިނާުޔަތް ލިބޭނެ ގޮތް ހަމަޖައްސަވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
