
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދ. ބަނޑިދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް މި އަހަރުގެ ބަޖެޓުން ޖާގަ ނުލިބޭ ނަމަ އެންމެ ލަސްވެގެން އަންނަ އަހަރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދ. ބަނޑިދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރަށުގެ ތަރައްގީއަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކުރަން ޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން ބަނޑިދޫގައި ގާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ މިއަދު އެޅިގެން ދިއުމަކީ ރަށަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑު ރައްޔިތުންނަށް ދޭން ބޭނުންވާ މައިގަނޑު މެސެޖަކީ ސަރުކާރުން މިރަށުގެ ތަރައްގީއަށްޓަކައި ވަރަށް ސަމާލުކަންދޭ ވާހަކަ. ރަށުގެ އެކިއެކި ސިނާއަތްތައް މަސްވެރިކަން ހާއްސަކޮށް ކުރިއެރުވުމުގައި އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ދޭނެ ވާހަކަ. ލިބޭނެ ވާހަކަ.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ބަނޑިދޫގައި ފެށިފައި ހުރިނަމަވެސް އެކި ސަބަބުތަކާ ހުރެ ނުހިނގާ ހުއްޓިފައި ހުރި މަޝްރޫއުތައްވެސް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށް އޮތް މަހު މަސްތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“މިރަށުގައިވެސް ކުރިޔަށް އޮތް މަހެއްހާ ދުވަސްތެރޭ އެންމެ ލަސްވެގެން މިގޮތަށް ހުއްޓިފައި ހުރި ކޮންމެ ކަމެއްވެސް އަޅުގަނޑުމެން ފަށާނަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ބަނޑިދޫ ފަޅުތެރެއިން ލިބެން އޮތް އެންމެ ފުޅާ މިނަކަށް ޖާގަ ހޯދައި އެތަން ހިއްކުމަކީ ރައްޔިތުންގެ އެދުމެކެވެ. ރަށުތެރޭގައި ފައިބަރު މަސައްކަތް ކުރުމާއި، ކުނި ކޮށިތަކުގެ ސަބަބުން ރައްޔިތުން ރައްޔިތުންނަށް ދަތި އުނދަގޫވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ބިން ހިއްކުމަށްފަހު ރައްޔިތުންނަށް ލުއި ފަސޭހަވާ ގޮތަށް ކަންތައްތައް ބައްޓަން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“މިސްކިތުގައި ތިބޭއިރު އިސް ރަށްވެހިން ބުނަނީ ވަރަށް އުނދަގޫވާ ކަމަށް ވަސް ދުވާތީ. އަދި ފައިބަރު މަސައްކަތަކީ ކޮންމެ ގޮތެއްވިޔަސް މީހުން ދިރިއުޅޭ ސަރަހައްދެއްގައި ކޮށްގެންވާނެ ކަމެއް ނޫން. ކެންސަރު ބަލި ފަދަ އެކި ކަހަލަ ބަލިތަކަށް ވާސިލުވާ ކުނޑި އުފެދޭ މަސައްކަތަކަށްވާތީ.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ބަނޑިދޫގައި ބިމުގެ ދަތިކަން ހުރުމާއެކީ އެރަށުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދަށް ކުނި އަޅައި، ފައިބަރު މަސައްކަތް ރަށުތެރޭގައި ކުރަމުން ދާތީ އެއީ ވަަރަށް ނުރައްކާތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކައުންސިލުން ރައްޔިތުންގެ މަޝްވަރާ އާއި ލަފާގެ މަތިން ރަށުގެ ލޭންޑްޔޫސް ޕްލޭން އަލުން މުރާޖާކޮށް މިހާރު ހެދިފައި އޮތް ބިން އެކަމަށް ބޭނުންކުރާނެ ގޮތެއް ހޯދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ. އެގޮތުން މިއަހަރު ބިން ހިއްކަން ބަޖެޓުން ޖާގަ ނުލިބޭނަމަ އަންނަ އަހަރު އެންމެ ލަސްވެގެންވެސް ފަޅުތެރެ ހިއްކައި ރައްޔިތުންގެ ދަތި އުނދަގޫތަކަށް ހައްލެއް ހޯދައިދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
“އިރާދަކުރެއްވިއްޔާ މީގެ ނަތީޖާއަކަށްވާނީ އަމަލީ ގޮތުން ބިން ހިއްކި މިރަށުގެ މި ދެންނެވި ހުރިހާ މަގްސަދެއް ހާސިލްވާ ގޮތަށް ޖާގަ ބާއްވައިގެން މި ދެންނެވި މަސައްކަތްތައް ކުރެވޭ ވަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް އެންމެ ލަސްވެގެން މިއަންނަ އަހަރުތެރޭ، މިއަހަރުގެ ބަޖެޓުގެ ތެރެއިން ޖާގަ ނުލިބޭ ކަމަށްވާ ނަމަ، މިއަހަރު ނުހިއްކޭ ނަމަ އެންމެ ލަސްވެގެން މިއަންނަ އަހަރު ތެރޭގައި މި މަޝްރޫއު ކުރިޔަށް ގެންގޮސްދޭނަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަށުގެ ރައްޔިތުންނާއި އިސްރަށްވެހިން އަދި ކައުންސިލުން އެމަނިކުފާނާއި ބައްދަލުކޮށް މިވަގުތު ރަށަށް ބޭނުންވާ ކަންތައްތަކުގެ ވާހަކަ ވަނީ ހިއްސާކުރައްވާފައެވެ. މިގޮތަށް ރަށްރަށަށް ވަޑައިގަތުމުގެ ބޭނުމަކީވެސް ރައްޔިތުން ބޭނުންވާ ގޮތްތައް ބަލައި އެގޮތަކަށް ކަންތައް ބައްޓަން ކުރެއްވުން ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
