
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދ. މާއެނބޫދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި އެ މަސައްކަތް ނިމޭއިރު ރައްޔިތުން ބޭނުންވާ ގޮތަށް ދެ ހެކްޓަރު ވަކި ރަށެއްގެ ގޮތުގައި ހިއްކާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދ. މާއެނބޫދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާއެނބޫދޫގެ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މާއެނބޫދޫގެ 30 ހެކްޓަރުގެ ބިން ހިއްކުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި މަސައްކަތް މިހާރު އޮތީ އީއައިއޭ ހެދުމުގެ މަރުހަލާގައި ކަމަށާއި އެ މަސައްކަތް ނިމުމާއެކު މާއެނބޫދޫގެ 30 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ދެ ހެކްޓަރު ވަކި ރަށެއްގެ ގޮތުގައި ހިކިގެން ދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެއާއެކު ޒަމާނުއްސުރެ މާއެނބޫދޫ ރައްޔިތުން ބޭނުންވެފައި ތިބި ކަމެއް ހާސިލްވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ކުރިޔަށް އޮތް ދެތިން ހަފްތާތެރޭގައި އީއައިއޭ ފާސްވުމާއެކީގައި ބިން ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ފެށޭނެ، ފެށި ބާރު ސްޕީޑުގައި ކުރިޔަށް ގެންގޮސްދޭނަން. ގެންގޮސްދީ އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުންނަށް ވައުދުވި ގޮތަށް 30 ހެކްޓަރު ހިއްކައި ނިންމާލާނެ ކަމުގެ ޔަގީންކަން ދެން. އެ މަސައްކަތް ނިމޭއިރު ރައްޔިތުން ބޭނުންވާ ގޮތަށް ދެ ހެކްޓަރު ވަކި ރަށެއްގެ ގޮތުގައި ހިކިގެންދާނެ.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހަމައެއާއެކު އެރަށުގައި ގާއިމުކުރާ މަލްޓީ ޕާޕަސް ހޯލުގެ މަސައްކަތް ވެސް އަންނަ މެއި މަހު ތެރޭގައި ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ކުރިޔަށް އޮތް 70 ވަރަކަށް ދުވަސް، އެހެންވީމާ މެއި މަހުގެ ތެރޭގައި މަލްޓީ ޕާޕަސް ހޯލުވެސް ނިމޭނެ، ދެން އެގޮތަށް ހިނގަމުންދާ އަދި މަޑުޖެހިފައި ހުރި މަޝްރޫއުތައްވެސް ރީސްޓާޓްވެެގެންދާނެ މި އަންނަ މާޗް މަސް ނިމެންވާ އިރަށް.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި މަޑު ޖެހިފައި ހުރި ހުރިހާ މަޝްރޫއެއް އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮަތަށް މި މަހާއި އަންނަ މަހުގައި އަލުން ފެށިގެން މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް ދާނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރިޔާސީ އިންތިހާބުގައި މައިގަނޑު ގޮތެއްގައި އެމަނިކުފާނު މާއެނބޫދޫ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދު ހުޅުވިގެން ދިޔަ ސިއްޚީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތަކީ އެ ދާއިރާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުގެ އެއްބައި ކަމަށެވެ.
އެގޮތުން މިއަދު ހައްލުވެގެން އެދިޔައީ ސިއްޚީ މަރުކަޒުގެ އިދާރީ މަސައްކަތަށް ދިމާވެފައިވާ ދަތިތައް ކަމަށާއި ކުރިޔަށް އޮތްތަނުގައި ސިއްޚީ ޚދިުމަތް ދިނުމުގައި އޮތް ޖާގައިގެ ދަތިކަމާއި ހުރި ދަތި އުނދަގޫތަކަށް ވެސް މި ސަރުކާރުން ހައްލެއް ހޯދައިދީ ވަސީލަތްތައް އިތުރުކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް ވަރަށް ފުރިހަމައަށް ނިންމަވައި ދެއްވާނެ ކަމަށާއި ޓާފް އަޅައި ރީތިކޮށް ހަދާފައިވާ ވޮލީ ކޯޓެއްވެސް އަޅައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިޔަށް މިއޮތް ދެ އަހަރުތެރޭ ވަސީލަތްތައް ހަމަކޮށް ފިޓްނަސް ރީކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމެއްގެ އިތުރުން ކުޑަކުދިންގެ ޕާކެއްް މާއެނބޫދޫގައިވެސް އަޅަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
