
ރާއްޖޭގެ ޝަރުއީ ނިޒާމު ފުނޑާލައި، ފަނޑިޔާރުން ވަގަށް ނެގުމުގެ މާޒީ އޮތީ އިދިކޮޅު އެމްޑީޕީގައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.
ޝުޖާއު އެގޮތަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހެޅުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އެކަމަށް ފާޑު ވިދާޅުވެ، “އެކްސް” ގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.
ފައްޔާޒް ސިފަ ކުރެއްވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން މަސައްކަތް ކުރުމަކީ މުޅި ޖުޑީޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެކެވެ. ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް މިހާތަނަށް އެޅި އެންމެ ހަރުދަނާ ފިޔަވަޅަކީ 2019 އަދި 2020 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނެވުނު ބަދަލު ކަމަށެވެ. މިއީ ސަރުކާރުން ކުރަން އުޅޭ ފިނޑި އަދި ހުތުރު އަމަލެއް ކަމަށް ވިދާޅުވެ، ފައްޔާޒް ގޮވާލެއްވީ މިކަމުގައި މަޖިލިހުގެ މެމްބަރުން ބައިވެރިވެވަޑައިނުގަތުމަށެވެ. އަދި މިކަމާ ދެކޮޅަށް އިހްތިޖާޖް ކުރުމަށް މުޅި ޝަރުއީ ދާއިރާ ތެދުވަން ފައްޔާޒް ގޮވާލެއްވިއެވެ.
ފައްޔާޒް ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވާހަކައަކީ އެމްޑީޕީއާ ގުޅޭ ވާހަކައެއް ނޫން ކަމަށެވެ. ޝަރުއީ ދާއިރާ ފުނޑާލައި ފަނޑިޔާރުން ވަގަށް ނަގައި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ އޮތޭ ކިއާފައި ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މާޒީ ފިސާރި ރަނގަޅަށް އޮތީ އެމްޑީޕީ އަތުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ. “ސުޕްރީމް ކޯޓުގެ ބެންޗެއް ގަނޑުކޮށް ބަދަލުކޮށް، ގަނޑުކޮށް ބަދަލުކޮށް ހައި ކޯޓުގެ އިލްމީ ފަނޑިޔާރުން ތިބޭފުޅުންގެ މުށުތެރެއަށް ފަނޑިޔާރުގެ ލައި މުޅިނިޒާމު ގަޑުބަޑުކޮށް މި ނިޒާމަށް ރައްޔިތުން ކުރި އިތުބާރު ވެއްޔާމޮޑެލީ ތިބޭފުޅުންގެ ޕާޓީން މަގުމަތީ ކޯޓު ހަދައިގެން ހިންގި ހަޑިމުޑުދާރު އަމަލުތަކުންކަން ހަނދުމަފުޅު ނެތުނީތޯ؟،” ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ އެންމެ ސީނިއާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝުޖާއު ވިދާޅުވިއެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ ހަސަންމެން އެމްޑީޕީއާ އެކު ތިއްބަވައިގެން ސުޕްރީމް ކޯޓުގެ ބެންޗު “ކޮށާލީ އަޅުގަނޑުމެން ގޮވަގޮވަ ތިއްބާ” ކަމަށެވެ. އެހެންވެ، މިއަދު ހަސަންމެން ތި ވިދާޅުވަނީ ކޮން ވާހަކަތަކެއްތޯ ސުވާލު ކުރެއްވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. މިއީ އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. އެހެންކަމުން މިއީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ނޫނެވެ. ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކޮށް، ސުޕްރީމް ކޯޓުގައި ފަސް ފަނޑިޔާރުން ތިބޭ ގޮތަށް ކަނޑައެޅިއެވެ.
ނަމަވެސް އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ދުވަސްވަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައެވެ. ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް ފަހު، އޭރު އޮތް ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކޮށްލީ ވެސް އެ ވެރިކަމުގައެވެ. އޭރުއްސުރެ، ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދެވެ. ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް ފަހު، އޭރު އޮތް ސުޕްރީމް ކޯޓުގެ ބެންޗު އެކީ ބަދަލު ކުރުމުން ސޯލިހްގެ ސަރުކާރަށް ވަރަށް ބޮޑެތި ފާޑު ކިއުންތަކެއް އަމާޒުވިއެވެ.
About Post Author
މާދަމާ ނިއުސް
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
“ސާކްގެ ބައްދަލުވުންތައް ފަށަން އެހީތެރިވާން ރާއްޖެ އޮތީ ތައްޔާރަށް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާއާއި ޕާކިސްތާނުގެ ނުތަނަވަސްކަމާ ހުރެ ސާކްގެ މަސައްކަތްތައް ހުއްޓިފައިވާތީ، އެ މައްސަލަ ހައްލުކޮށް ސާކް އަލުން ހިންގުމަށް މެދުވެރިއެއްގެ...
ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް 4 ބޭފުޅަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ކަމަށްވާ "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން" (ނ.ޢ.ޢ.ވ)...
ދައުލަތަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމު 66 ބޭފުޅަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވި 66 ބޭފުޅަކަށް، މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި...
މިނިވަން ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ދިވެހި ރައްޔިތުންނަށް...
“މިނިވަންކަން ދެމެހެއްޓޭނީ ދިވެހިވަންތަކަމާއި ސަގާފަތް ނެގެހެއްޓިގެން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގެ އަސްލަކީ ޖީލުން...
