
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދ. މާއެނބޫދޫގައި ބީއެމްއެލް އޭޓިއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ޚިދުމަތް ފައްޓަވައިދެއްވަމުން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކިން ޚިދުމަތް ފޯރުކޮށްދީ، ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަން ރައީސް ޑރ. މުއިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ބީއެމްއެލުން ކުރަމުންދާ މަސައްކަތުގައި މާއެނބޫދޫގައި އޭޓީއެމްއެއް ގާއިމު ކުރުމުން އެ ރަށު ރައްޔިތުން ރަށުގައި ތިބެގެން ބޭންކިން ޚިދުމަތް ފަސޭހަ ކަމާއެކީ ބޭނުން ކުރެވޭނެ ކަމަށެވެ.
“މިއީ ހަމައެކަނި އޭޓީއެމެއް ހުޅުވިގެން ދިޔުމެއް ނޫން. މިއަދު މި ހުޅުވުނީ ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ބޭންކިން ޚިދުމަތް ދެވޭނެ މަގު.” ޝަރީފް ވިދާޅުވިއެވެ. މި ޚިދުމަތާއެކީ ރައްޔިތުންނަށް މީގެ ކުރިން ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގައި ދިމާވި ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ. ހަަމައެއާއެކު ކުރިޔަށް އޮތް ރަމަޟާންމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގޭގައި ތިބެގެން ނޫނީ އޮފީހުގައި ތިބެގެން ބޭންކިންގެ ހުރިހާ ޚިދުމަތެއް ބީއެމްއެލް އެޕް މެދުވެރިކޮށް ލިބޭނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި ދ. ކުޑަހުވަދޫ ބްރާންޗުގެ މުވައްޒަފުން މާއެނބޫދޫއަށް ޒިޔާރަތްކޮށް އެރަށުގެ ބޭންކުގެ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ބޭންކުން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކަށް ރައީސްގެ އިރުޝާދާއެކީ ލުއިތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން ޕާސަނަލް ލޯނުތަކާއި ބިޒްނަސް ލޯނުތައް ކުޑަ އިންޓްރެސަކާއެކީ ފަސޭހައިން ލިބޭނެގޮތް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
