
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދ. މާއެނބޫދޫ ސިއްޚީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ. މި ސިއްޚީ މަރުކަޒު ހުޅުވުމާއެކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ވަރަށް ބޮޑު ހައްލެއް އަންނާނެއެވެ. މިހާރު ހުރި ސިއްޚީ މަރުކަޒުގައި މުވައްޒަފުން މަސައްކަތް ކުރަން އެކަށީގެންވާ ޖާގަ ނެތުމާއެކު، ޕަބްލިކު ހެލްތުން ފޯރުކޮށްދޭ ޚިދުމަތްތައްވެސް މީގެ ކުރިން ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އޮތެވެ. ނަމަވެސް މި ސަރުކާރުން މިވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އަހައި އެ ދަތިކަމަށް ހައްލެއް ގެނެސްދީފައެވެ.
“މި އިމާރާތް ހުޅުވުމާއެކު ޖާގައިގެ ތަނަވަސްކަން ވަރަށް ބޮޑަށް ލިބިގެންދާނެ، ހާއްސަކޮށް ޕަބްލިކު ހެލްތުން ފޯރުކޮށްދޭ ޚިދުމަތްތަކަށްވެސް ޖާގަ ލިބިގެންދާނެ. އޭރުން އިދާރީ މަސައްކަތްތަކަށްވެސް ތަނަވަސް ޖާގައެއް ފަހިވެގެންދާނެ.” މާއެނބޫދޫ ސިއްޚީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނެވި ނަޝީދާ އަބްދުލް އަޒީޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މީގެކުރިން ހުރި ސިއްޚީ މަރުކަޒުގައި އިދާރީ މަސައްކަތްތަކާއި ޕަބްލިކް ހެލްތުގެ ހުރިހާ މަސައްކަތަކަށް ބޭނުން ކުރީ ހަމައެކަނި އެއް ކޮޓަރިއެކެވެ. މިއަދު ހުޅުވިގެންދިޔަ އާ ސިއްޚީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގައި ޕަބްލިކު ހެލްތުގެ ޑިޕާޓްމަންޓުތަކާއި މާބަނޑު މީހުންގެ ކުލިނިކުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދޭ ކުލިނިކް އަދި ކައުންސިލިން ދޭނެ ތަނެއްވެސް ހުންނާނެއެވެ.
އެހެންކަމުން މި އިމާރާތާ އެކީ ރަށުގެ ސިއްޚީ ޚިދުމަތް އިތުރަށް ކުރިއަރައި ތަރައްގީ ވެގެންދާނެއެވެ. ވަކިން ހާއްސަކޮށް އިދާރީ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން އިތުރުވެ ޕަބްލިކް ހެލްތު ޔުނިޓުގެ މަސައްކަތްތައް ވަރަށް ބޮޑުތަނުން ފުޅާވެގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
