
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
އެމެރިކާގެ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އެ މީހުންގެ މަގާމުގެ ޒިންމާތައް އަދާކުރި ވަރު ސާބިތުކޮށްނުދެވޭ އެންމެން ވަޒީފާއިން ވަކިކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެޑްވައިޒަރު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކް އެކްސްގައި މިކަން އިއުލާނުކުރެއްވީ އޭނާއާ ހަވާލުކޮށްފައިވާ ހަރަދު ކުޑަކުރުމުގެ މަސައްކަތުގައި މިހާރަށްވުރެ ހަރުކަށިވާން ޓްރަމްޕް އެދިވަޑައިގަތްތާ މާ ގިނައިރުތަކެއް ނުވަނީހެވެ.
“މިދިޔަ ހަފްތާގައި ވަޒީފާގެ ޒިންމާ އަދާކުރުމުގެ ގޮތުން ކުރި ކަންތައްތައް ބުނެދޭން އެދި ހުރިހާ ފެޑެރަލް މުވައްޒަފުންނަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި އީމެއިލްއެއް ލިބޭނެ. އެޔަށް ޖަވާބު ނުދީފި ނަމަ ބަލާނީ އެއީ އިސްތިއުފާ ހުށަހެޅުން ކަމަށް،” ޓްރަމްޕުގެ ކެމްޕެއިނަށް އެންމެ ގިނަ ހަރަދުކުރި މަކްސް ލިޔުއްވާފައިވެ އެވެ. މި އީމެއިލްގެ ކޮޕީއެއް އޭއެފްޕީއަށް ލިބިފައި ވާއިރު އޭގައި ވަނީ “މިދިޔަ ހަފްތާގައި ހާސިލްކުރެވުނު ކަންކަން ފަސް ވަރަކަށް ޕޮއިންޓުން ބުނެ ދިނުމަށް” އެދިފަ އެވެ. އެ އީމެއިލް ފޮނުވާފައިވަނީ ޔޫއެސް އޮފީސް އޮފް ޕާސަނަލް މެނޭޖްމަންޓް (އޯޕީއެމް) އިން ނެވެ. މި އީމެއިލް އަށް ހޯމަ ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން ޖަވާބު ދޭންޖެހޭނެ ކަމަށް ބުނެފައި ވިޔަސް، ޖަވާބު ނުދީފި ނަމަ އެއީ އިސްތިއުފާ ދިނުން ކަމަށް ބުނެފައެއް ނުވެ އެވެ.
މި ނިންމުމާ އެކު އެމެރިކާގެ ފެޑެރަލް މުވައްޒަފުންގެ އެންމެ ބޮޑު ޔުނިއަން ކަމަށްވާ އެމެރިކަން ފެޑެރޭޝަން އޮފް ގަވަމެންޓް އެމްޕްލޯއީސް އިން ވަނީ މިއީ ގާނޫނާ ހިލާފަށް މުވައްޒަފުން ވަކިކުރުން ކަމަށް ބުނެ އެކަމާ ދެކޮޅަށް ކޯޓަށް ދާނެ ކަމަށް ބުނެފަ އެވެ. ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ (ޑޮޖް)ގެ ނަމުގައި އިދާރާއެއް ހަދައި އެތަން ހިންގުން މަސްކާ ހަވާލުކޮށްފައި ވާއިރު، ހަރަދު ކުޑަކުރުމުގެ ނަމުގައި ބޮޑެތި ނިންމުންތައް އެތަނުން ގެންދަނީ ނިންމަމުންނެވެ. އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމުގެ އިތުރުން އެކި ގައުމުތަކާއި ޖަމާއަތްތަށް ދޭ އެހީތައް ވެސް ވަނީ ކަނޑާލައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
