
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ސްރީ ލަންކާގައި މި އަހަރުގެ މިހާތަނަށް ބަޑި ޖެހުމުގެ 17 ހާދިސާއެއް ހިންގާފައިވާ ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ. ސްރީ ލަންކާގައި މި ފަހަކަށް އައިސް ބަޑީގެ ހަމަލާތައް އިތުރުވެ އެތައް ބަޔަކު މަރާފައި ވާތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ސަރުކާރުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފުލުހުންގެ ވެރިޔާ ޕްރިޔަންތާ ވީރަސޫރިޔާ ވިދާޅުވީ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ބަޑިޖެހުމުގެ 17 ހާދިސާއަކާއި ވަޅިން ހަމަލާ ދިނުމުގެ ފަސް ހާދިސާއެއް ހިންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގާތްގަނޑަކަށް 1،400 މީހުން ހަރަކާތްތެރިވާ 57 ގޭންގެއް ފާހަގަކުރެވިފައިވާ ކަމަށާއި މިއީ ގޭންގުތަކުން ހިންގާ އަމަލުތަކެއް ކަމަށެވެ. އިއްޔެގެ ޕްރެސްގައި، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ދެ މީހަކު މަރުވި މައްސަލައެއްގައި ގިނަ ސުވާލުތަކެއް ކުރިމަތިވި އެވެ. ފުލުހުން ބުނީ އެކަން ހިނގީ ބަންދުގައި ތިބި ބަޔަކު ފުލުހުންގެ ހަތިޔާރު އަތުލައިގެން ފިލަން އުޅުމުން ކަމަށާއި ދެ މީހަކު މަރުވީ ފުލުހުން ބަޑިޖެހުމުން ކަމަށެވެ.
ލަންކާގެ ނުރައްކާތެރި ގޭންގު ލީޑަރަކު ކޯޓަށް ހާޒިރުކޮށްފައި ހުއްޓާ، ވަކީލެއް ގޮތަށް ހެދުން އަޅައިގެން ވަދެ ބަޑިޖަހައި މަރާލި ހާދިސާއަށް ފަހު ލަންކާގެ ހާލަތާ މެދު ވަނީ ކަންބޮޑުވުން އިތުރުވެފަ އެވެ.
ޕްރެސް ކޮންފަރެންސްގައި މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީގެ ސެކްރެޓަރީ ރަވީ ސެނެވިރަތުނަ ވިދާޅުވީ ގައުމު ހަލަބޮލިކުރަނީ އާ ސަރުކާރުން ފަށާފައިވާ ބޮޑެތި ތަހުގީގުތަކަށް ހުރަސްއަޅަން އުޅޭ ބަޔަކު ކަމަށެވެ. ކޯޓުގައި މީހަކު މަރާލުމަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި އީސްޓަ ބޮމުގެ ހަމަލާ ފަދަ ބޮޑެތި މައްސަލަތަކުގެ ތަހުގީގުތަކަށް ހުރަސްއަޅަން ހިންގި އަމަލެއް ކަމަށެވެ.
“މީގެ ތެރެއިން ގިނަ ކަންކަން ކުރަނީ މިހާރު އަވަށްޓެރި ގައުމުތަކުގައި ދިރިއުޅޭ ގޭންގުތަކުން،” ސެނެވިރަތުނަ ވިދާޅުވި އެވެ. ސެނެވިރަތުނަ ވިދާޅުވީ މީހުން މެރުމުގެ ހާދިސާތަކަކީ 2019 ވަނަ އަހަރު އީސްޓާ ސަންޑޭގައި ދިން ބޮމުގެ ހަމަލާތަކުގެ ތަހުގީގު ރިވިއުކުރުމާއި، ކުރީގެ ހައި ޕްރޮފައިލް މައްސަލަތަކުގެ ތަހުގީގަށް ހުރަސް އެޅުމުގެ ގޮތުން ހިންގި ކަމެއް ކަމަށް ސަރުކާރަށް ގަބޫލުކުރެވޭ ކަމަށެވެ.
“ގައުމުގައި ހަމަނުޖެހުން އުފައްދަން މި ކަންކަން ކުރުވުމުގެ ފަހަތުގައި ތިބި ބަޔަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނަން،” އޭނާ ވިދާޅުވި އެވެ. އޭޕްރީލް 21، 2019 ގައި ސްރީ ލަންކާގެ ތިން ފައްޅިއަކާއި ލަގްޒަރީ ހޮޓާތަކަށް ދިން ބޮމުގެ ނުވަ ހަމަލާއެއްގައި 273 މީހަކު މަރާލި އެވެ. ސްރީ ލަންކާގެ އާ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ޓެރަރިސްޓް ހަމަލާތަކުގެ ތަހުގީގަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ކެތޮލިކް ފައްޅީގެ ވެރިޔާ މެލްކޮމް ކާޑިނަލް ރަންޖީތުއާ ބައްދަލުކުރެއްވުމަށް ފަހު އަލުން ތަހުގީގެއް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ. ކުރީގެ ދެ ރައީސުން ކަމަށްވާ ގޯޓާބަޔަ ރާޖަޕަކްސަ އާއި ރަނިލް ވިކްރަމަސިންހަ އަށް ތުހުމަތުކޮށް ރަންޖީތު ވަނީ އެއީ ސިޔާސީ ގޮތުން ކަމުގެ ހަގީގަތް ފޮރުވުމުގެ އަމަލެއް ކަމަށް ބުނެފަ އެވެ. ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ، ކްރިސްޓިއަނުންގެ ޕްރެޝަރާ ގުޅިގެން މަތީ ފެންވަރުގެ ތަހުގީގީ ކޮމިޓީއެއް އުފެއްދެވި އެވެ.
ތަހުގީގުގައި ނިންމީ ސިރިސޭނާ ކުށްވެރިވާ ކަމަށް ނިންމައި، މަރުވި މީހުންގެ އާއިލާތަކަށް 100 މިލިއަން ސްރީ ލަންކަން ރުޕީސް ބަދަލުގައި ދިނުމަށް އަމުރުކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
