
(ފޮޓޯ ކްރެޑިޓްސް: އައިލަންޑް އޭވިއޭޝަން)
ނ. އަތޮޅު މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ މާސްޓަޕްލޭން ތައްޔާރުކުރުމަށް ތަޖުރިބާކާރު ކޮންސަލްޓެންސީ ކުންފުނިތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ. އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. މި މަސައްކަތާ ގުޅޭ މައިގަނޑު މައުލޫމާތުގެ ތެރޭގައި ހިމެނެނީ ޕްރޮޖެކްޓްގެ ނަމާއި، ބިޑް ނަންބަރު، އަދި އީއޯއައި ހުށަހެޅުމުގެ ސުންގަޑިއެވެ. އީއޯއައި ހުށަހަޅަންވާނީ އީމެއިލް މެދުވެރިކޮށް، ކަނޑައެޅިފައިވާ އެޑްރެސްތަކަށެވެ. އަދި އީމެއިލްގެ ސަބްޖެކްޓްގައި ޕްރޮޖެކްޓްގެ ނަމާއި ބިޑް ނަންބަރު ހިމަނަންވާނެއެވެ.
އައިއޭއެސްއިން އިތުރަށް ފާހަގަކޮށްފައިވަނީ މި މަސައްކަތަށް ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަނެވޭނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އެކަނި ކަމަށެވެ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ 2019 ޑިސެންބަރު 1 ގައި ހުޅުވުނު އެއާޕޯޓެކެވެ. މި އެއާޕޯޓްގެ މާސްޓަޕްލޭން ތައްޔާރުކުރުމަކީ އެއާޕޯޓްގެ ކުރިމަގު ރޭވުމަށާއި، ތަރައްގީގެ މަޝްރޫއުތައް ރާވައި ހިންގުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މާފަރު އެއާޕޯޓަކީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. އެ އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާއެކުގައެވެ. ރަންވޭއަށް ވަނީ 650 މީޓަރު އިތުރުކޮށް ޖުމްލަ 2850 މީޓަރަށް ބޮޑުކުރެވިފައެވެ
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
