
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ވިސްލްބްލޯ ކުރި މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާ ކަމަށާއި މީޑީއާތަކުގައި ފަތުރަމުން ދަނީ ދޮގު މައުލޫމާތު ކަމަށް މޯލްޑިވްސް ޕޯސްޓު ލިމިޓެޑުން ވިދާޅުވެއްޖެއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެއްވެސް މުވައްޒަފަކު ވިސްލްބްލޯ ކުރުމާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށެވެ. ކުންފުނިން ވިދާޅުވި ގޮތުގައި، ވަކިކުރެވުނު މުވައްޒަފަކީ މަސައްކަތު ޕާފޯމަންސާއި އަޚްލާޤާ ގުޅުންހުރި މައްސަލަތަކާއި ގުޅިގެން، 10 މަސްދުވަހުގެ މުއްދަތެއްގައި ނަސޭހަތާއި އިންޒާރު ދީ، “ޕާފޯމަންސް އިމްޕްރޫވްމަންޓް ޕްލޭން” އެއްގެ ދަށަށް ގެނެވުނު މުވައްޒަފެކެވެ. އަދި ވަކިކުރެވުނީ ކުންފުނީގެ ގަވާއިދާއި ވަޒީފާއާ ބެހޭ ޤާނޫނާ އެއްގޮތަށް ކަމަށް ވިދާޅުވެފައި ވެއެވެ.
ހަމައެއާއެކު އެ މުވައްޒަފަކީ އޭނާ ރެކްރޫޓްކުރެވުނު މަގަމަށް ރެކްރޫޓް ކުރުމުގެ ކުރިން، ކުންފުނީގެ ސެކްރެޓަރީގެ މަގަމަށް ކުރިމަތިލައި އެ މަގާމަށް ނުހޮވުމުން، ނުރުހުން ފާޅުކުރުމުގެ އިތުރުން، ރެކްރޫޓް ކުރެވުނު މަގާމުގެ ޕްރޮބޭޝަން މުއްދަތުގައި ހުރެ، ކުންފުނިން އިއުލާންކުރި ވަރަށް އިސް މަގާމުތަކަށް ކުރިމަތިލައި، އެ މަގާމުތަކަށް އިންޓަވިއު އަށް ނުކިޔައިގެން އެކި ތަންތަނުގައި ހިތްހަމަނުޖެހުން ފާޅުކުރަމުންދިޔަ މުވައްޒަފެއް ކަމަށްވެސް ޕޯސްޓުން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
އަދި އެންމެ ފަހުން މި ހިތްހަމަނުޖެހުންތައް މެނޭޖިންގ ޑިރެކްޓަރާއި ހަމައަށް ގެންދިއުމުގެ ބޭނުމުގައި، މެނޭޖިންގ ޑިރެކްޓަރާއި ބައްދަލު ކުރުމަށް އޮފީހުން ބޭރުގެ ވަރަށް އިއްޒަތްތެރި ބޭފުޅަކު ފޮނުވައި، އެ ބޭފުޅާ މެދުވެރިކޮށް އޭނާ ކުރިމަތިލި މަގާމުތަކަށް އިންޓަވިއުއަށް ކިޔާފައި ނުވާތީ އާއި، އިންޓަވިއު ކުރެވުނު މަޤާމަށް ހޮވިފައި ނުވާތީ އިހުތިޖާޖުގެ ބަސްތައް މެނޭޖިންގ ޑިރެކްޓަރަށް އިއްވައި، އޭނާ ބޭނުންވި ގޮތަށް އެކަންކަން ހިނގާފައި ނުވާތީ، އެކަމުގެ ކައްފާރާއެއްގެ ގޮތުގައި ވީހާވެސް އަވަހަކަށް މިހާރު ހުރި މަޤާމަށްވުރެ ރަނގަޅު މަޤާމަކަށް ޕްރޮމޯޝަން ދިނުމަށާއި، އޭނާ އިންނަ ތަން ކޮޓަރިއަކަށް ބަދަލުކޮށްދިނުމަށާއި، މި ދެ ކަންތައް ވީހާވެސް އަވަހަށް ކޮށް ނިންމައި ދިނުމަށް އެދި، ބޭރުން ގެނައި އިއްޒަތްތެރި ބޭފުޅާ މެދުވެރިކޮށް މެނޭޖިންގ ޑިރެކްޓަރަށް ބިރު ދައްކާފައިވާ މުވައްޒަފެއްކަންވެސް ޕޯސްޓުން ވިދާޅުވެފައި ވެއެވެ.
ނިމިދިޔަ މެނޭޖްމަންޓުގައި އިއުލާނެއްވެސް އަދި އިންޓަވިއު ކުރުމެއްނެތި، މެނޭޖިންގ ޑިރެކްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށް ބުނެ، މެރިޓް އުސޫލުން ބޭރުން 49 ފަރާތަކަށް ކުންފުނިން ވަޒީފާ ދީފައިވާއިރު މީގެތެރޭގައި ވަރަށް ސީނިއަރ މަގާމުތައްވެސް ހިމެނޭކަމާއި މިފަރާތްތަކަށް ކުންފުނީގެ ގިނަދުވަސްވީ ވެރިންނަށާއި މުވައްޒަފުންނަށް ނުލިބޭފަދަ ބޮޑެތި މުސާރައާއި އެލަވަންސްތައް އެކި ނަންނަމުގައި ދީފައިވާ ކަން ޕޯސްޓުން ވަނީ ފާހަގަކޮށްފައެވެ. ޕޯސްޓް އޮފީހުގެ އެ ބަޔާނުގައި ވަނީ އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު ކުންފުނީގެ އެއްވެސް ކަމަކާ ބެހޭގޮތުން ދައުލަތުގެ އެއްވެސް އިދާރާއެއްގައި ވިސްލްބްލޯ ކުރުމާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައި ނުވާނެކަން ކަށަވަރުކޮށްދީފައެވެ.
އެހެންނަމަވެސް، މި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ ނުވަ ލައްކަ ރުފިޔާއިން އެ ކުންފުނި ޖޫރިމަނާ ކުރުމަށް ނިންމާފައެވެ. މިއީ ވިސްލްބްލޯކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކަމަށް ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
