
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒާމަތުގައި ހުރިހާ ކަމެއް ކުރައްވާނީ ރައްޔިތުންނަށް އޭގެ ފުރިހަމަ މަންފާ ލިބޭ ގޮތަކަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީގެ ކުރީ ސަރުކާރު ތަކުގައި ވަކި ބަޔަކަށް މަންފާ ވާ ގޮތަށް ފަޅު ރަށްތައްވެސް ދޫކޮށްފައިވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަޅު ރަށްތައް ވަކި ގިންތީގެ މީހުންނަށް ދެވިފައިވާ ކަމުގެ އަޑުތައް އަބަދުވެސް އިވެމުންދާ ކަމަށާއި މިކަންތައް ރައީސް މުއިއްޒު ބަދަލު ކުރައްވާފައިވާ ކަމަށެވެ.
“އެއްވެސް ހާލެއްގައި ރަށެއްގެ ރައްޔިތުންނަށް އޭގެ މަންފާ ލިބޭ ގޮތަށް ދެވިފައި އޮތް ކަމެއް މިފަހުގެ ތާރީހުގައި އަޅުގަނޑުމެންނަކަށް ފެންނާކަށް ނެތް. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޒައާމަތަށް ވަޑައިގެންނެވުމަށްފަހު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ހާއްސަކޮށް ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ގޮތަށްވެސް ބައެއް ފަޅު ރަށްތައް ހަމަޖައްސުވައިދެއްވަމުން،”، ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެންމެ ފަހުން ރައީސް ރ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާއި ކައުންސިލުގެ ޝަކުވާތައް އަޑުއައްސަވައި ރ. މަޑުއްވަރީ އިހުތިސާސްއަށް ފުލަންދޫ އަދި ރ. މީދޫ އިހުތިސާގެ ތެރެއަށް ތާވަތާ ކިޔާ ރަށެއް ހިމެނުއްވާފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
“މިއީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިނގާފައިވާ ކަމެއް ނޫން. ހާއްސަކޮށް ކައުންސިލްތަކާއި ރައްޔިތުން ބާރުވެރިކުރުމަށްޓަކައި މީގެ ކުރިން ދައުލަތަށް ހަރު މުދަލެއްގެ ގޮތުގައި ހުރި ބައެއް ތަކެތި ރަށްޔިތުންނަށް އޭގެ މަންފާވާ ގޮތަށް ހަމަޖައްސަން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒާމަތުގައި.” ވަޒީރު ވިދާޅުވިއެވެ. އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކުން ފަޅު ރަށްތަކުގައި އެކި ކަހަލަ މަސައްކަތް ކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމުން އެ ކައުންސިލަށް އެކަން ކުރުމުގެ ހުއްދަވެސް ލިބިގެންދާނެ ކަމަށާއި ފަޅު ރަށްރަށުން ނެގޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ލިބޭނެ ގޮތްވެސް ހަމަޖައްސައިދެއްވާފައިވާ ކަމަށެވެ. މިއީ ލާމަރުކަޒީ ނިޒާމަށް އަންނަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ކުރިއަރުވައި ރައްޔިތުންނަށްވެސް ވަރަށް މަންފާ ކުރުވަނިވި ދަތުރުފުޅުތަކެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ސަބަބަކީ މިއިން ކޮންމެ ޒިޔާރަތެއްގައިވެސް އެމަނިކުފާނު ރައްޔިތުންނާއި ކައުންސިލާއި ބައްދަލު ކުރެއްވުމަށްފަހު އެ ބޭފުޅުން އެދިލައްވާ ކަންތައްތައް ބެލުމަށްފަހު ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބަދަލުކުރައްވަމުން ގެންދަވާތީ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
