
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 55 ރަށެއްގެ ކައުންސިލްގެ އިދާރާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އޭޕްރީލް މަހުގައި ފަށާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ބޮލަށް ވެއްޓެން ކައިރިވެފައި ހުރި ކައުންސިލްތައް މަރާމާތް ކުރުމަށް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ވައުދުވެވަޑައިގެންފައެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލެއްގެ އިމާރާތް އަލުން އެޅުމަށްޓަކައި މެލޭޝިއާ ކުންފުންޏަކާއި ހަވާލުކޮށްގެން އަންނަ އޭޕްރީލް މަސްތެރޭ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
“އެތަންތަނުގައި ހުރި އިދާރީ ދަތިކަމާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުގެ ތެރެއިން އިސްނަންގަވައިގެން 55 ކައުންސިލެއް މިވަގުތު ވަނީ ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ކުރުމަށް ކަނޑައަޅުއްވައި އަދި މިހާރު އަޅުގަނޑުމެންނަށް މިވަނީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާއި އެ މަޝްރޫއު ހަވާލުކުރެވިފައި. އެންމެ ފަހުން ލިބުނު މައުލޫމާތަށް ބަލާއިރު، މިމަހުގެ 28 ގައި ރާއްޖެ އަންނާނެ އަދި އޭޕްރީލް މަހުތެރޭގައި ރަސްމީކޮށް އިމާރާތްކުރުމުގެ މަސައްކަތް ރާއްޖޭގައި ފެށިގެންދާނެ.” ވަޒީރު ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ މި މަސައްކަތުގެ ދަށުން 39 ކައުންސިލް އިދާރާ ދެ ބުރިއަށް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވަރަށް މަދު ކައުންސިލް އިމާރާތް އެއްކޮށް ތަޅާލައި އައު އިމާރާތް އަޅަން ޖެހޭނެ ކަމަށާއި ދެން ހުރި ރަށްތަކުގެ ކައުންސިލް އިމާރާތް ތަރައްޤީކޮށް ޖާގައިގެ ދަތިކަން ހައްލުކުރެވިގެން ދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ކުރިޔަށް އޮތް 2 އަހަރު ބައިގެ ތެރޭ މި މަސައްކަތް ނިންމާލަން އަމާޒު ހިފާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތް މެލޭޝިއާ ކުންފުންޏާއި ހަވާލުކުރެއްވީ މިދިޔަ ޖެނުއަރީ މަހުގައެވެ.
މީގެ އިތުރުން 50 ކައުންސިލްގެ މަޝްރޫއޫއަކީ ޗައިނާ ސަރުކާރާއި ވާހަކަފުޅު ދައްކަވައިގެން ރައީސް އިއުލާން ކުރެއްވި މަޝްރޫއެއް ކަމަށާއި އަންނަ އޭޕްރީލް މަސް ތެރޭގައި މި މަޝްރޫއުގެ ފީސެބިލިޓީ ހެދުމަށްޓަކައި ޗައިނާގެ ޓީމުވެސް ރާއްޖެ އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަމަލީ މަސައްކަތް މިއަހަރު ތެރޭ ފެށިގެންދާނެކަން ވަޒިރު ފާހަގަކުރެއްވިއެވެ. މި ދެ މަޝްރޫއު ނިމޭއިރު ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ ކައުންސިލް އިދާރާތަކުގެ 71 އިންސައްތަ މުޅިން އައު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
