
ވޭތުވެ ދިޔަ 50 އަހަރު ތެރޭ ސިންގަޕޫރާއި ރާއްޖޭގެ ގުޅުން އެތައް ގުނައަކަށް އިތުރުވެ، ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރާއްޖެއާއި ސިންގަޕޫރުގެ ދެމެދުގައި ރަސްމީ ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމާ ގުޅިގެން ރައީސް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. މި ތަހުނިޔާ ފޮނުއްވާފައިވަނީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަޓްނަމްއަށާއި، އެ ޤައުމުގެ ބޮޑުވަޒީރު ލޮރެންސް ވޮންގްއަށާއި، ސިންގަޕޫރުގެ ސަރުކާރާއި ރައްޔިތުންނަށެވެ.
ރައީސް މުއިއްޒުގެ ތަހުނިޔާގައި ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުމާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ރަސްމީ ގުޅުންތައް އެތައް ގުނައެއް އިތުރުވެ، ދެ ގައުމުގެ ދެމެދު އޮތް ގުޅުން ވަނީ އިތުރަށް ބަދަހިވެފައެވެ.
“ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ ވިޔަފާރީގެ ގުޅުމާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ރަސްމީ ގުޅުންތައް އެތައް ގުނައެއް އިތުރުވެ، އަޅުގަނޑުމެންގެ ގައުމުތައް ގާތްވެގެން ހިނގައްޖެ. އަޅުގަނޑުގެ އިހްލާސްތެރި އުއްމީދަކީ، ކުރިއަށް އޮތްތަނުގައިވެސް، މި ބާރު ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންގެ އެއްބާރުލުން އިތުރަށް ބަދަހިވެގެންދިޔުން.”، ރައީސް ވިދާޅުވިއެވެ.
ދާދި ފަހުން އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސް މުޢިއްޒު ވަނީ ސިންގަޕޫރުގެ ޚާރިޖީ ވަޒީރު، ޑރ. ވިވިއަން ބާލާކްރިޝްނާންއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ރާއްޖެއިން އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށާއި، ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ދެ ޤައުމަށް ހުރި ފުރުޞަތުތައް ދެނެގަނެ، އެކުގައި މަސައްކަތްކުރުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
