
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކައުންސިލްތަކުން އިސް ނަންގަވައިގެން ގިނަ ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށާއި ކައުންސިލްތައް ފުދުންތެރިވެ މާލީ ގޮތުންވެސް ބާރުވެރިވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކައުންސިލްތަކުން އިސްނަންގަވައިގެން އެރަށްރަށުގައި މުނިސިޕަލް ޚިދުމަތްތައް ފޯރުކޯށްދިނުމަށްޓަކައި ބޭނުންވާ މެޝިނަރީސް ހޯދުމުގެ މަސައްކަތް ކައުންސިލްތަކުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާކަމީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމެއް. އަދި އަޅުގަނޑުމެން ޤަބޫލުކުރައްވާ ގޮތުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާވެގެންދާއިރު، ކައުންސިލްތައް ފުދުންތެރި ގޮތެއްގައި، ކައުންސިލްތަކަކީ މާލީ ގޮތުންވެސް ބާރުވެރިވެ އަދި ވަސީލަތްތަކުގެ ގޮތުންވެސް އެތަންތަނަކީ އެރަށްރަށުގެ ޚިދުމަތް ދޭންޖެހޭ ޚިދުމަތްތައް އެރަށަކުން ފޯރުކޮށްދެވޭ ގޮތަށް އޮންނަ ނިޒާމެއް ޤާއިމުކުރެވިގެން އަންނަ ދުވަސް ފެނުމަކީ އަޅުގަނޑުމެންނަށް މި ނިޒާމު ޗެމްޕިއަން ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނެ ދުވަހަކީ. މިއަދު ފެނިގެން މިދަނީ ކައުންސިލްތައް ބާރުވެރިވަމުން އަންނަ މަންޒަރު.” ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކޮށް ފުދުންތެރި ކުރުމަށްޓަކައި އެ ވުޒާރާއިން ގިނަ ކަންތައް ކުރައްވަމުންދާކަން ފާހަގަކުރައްވަމުން ވަޒިރު ވިދާޅުވީ ކަސްޓަމްސް ޑިއުޓީ މާފު ކުރުން ފަދަ ކަންތައް މިނިސްޓްރީން ކުރަމުން ގެންދަވަނީ ކައުންސިލްތަކުން އަމިއްލައަށް އިސްނަގައިގެން ކަންތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށްޓަކައި އެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ކަމަށެވެ. ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމުގެ އިތުރުން އެ ވުޒާރާގެ ދަށުން ހިންގާ ޕަބްލިކް ވޯކްސްގެ މަސައްކަތްތައްވެސް ރާއްޖޭގައި ފުޅާކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. މިއާއެކު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ދަނީ އެ މަސައްކަތްވެސް ކުރައްވަމުންނެވެ.
ވަޒީރު ވިދާޅުވީ އެ ވުޒާރާގ ދަށުން ހިންގަމުން އަންނަ ޕަބްލިކް ވާކްސްގެ ދާއިރާގައި މައިގަނޑު ހަ ސިޔާސަތެއް އެބައޮތް ކަމަށެވެ. އެގޮތުން:
- ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ޕަބްލިކް ވާކްސް ދާއިރާއިން ކުރިޔަށް ގެންދިޔުން
- އިދާރީ ދާއިރާތަކުގެ އާންމު މަސައްކަތްތައް ކުރުމަށްޓަކައި ކޮންމެ އަތޮޅެއްގައި ޕަބްލިކް ވާކްސް ޔުނިޓެއް ޤާއިމުކުރުން
- ޕަބްލިކް ވާކްސްގެ ދާއިރާއިން، އިދާރީ ދާއިރާގައި ކުރަން ޖެހޭނެ މަސައްކަތްތައް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން
- ޕަބްލިކް ވާކްސްގެ މަސައްކަތްތަކަށް ބޭނުންވާ ހެވީ ވެހިކަލްސް އަދި މެޝިނެރީސް، އިކުއިޕްމެންޓްސް ހޯދައި އެތަކެތި ތަރައްޤީ ކުރުން
- ޕަބްލިކް ވާކްސްގެ މަސައްކަތަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުން
- ޤުދުރަތީ ކާރިސާތަކާއި ގެއްލުންތަކުން އަރައިގަތުމަށްޓަކައި އެހީތެރިކަން ފޯރުކޮށް ދިނުމެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިހާރުވެސް ރާއްޖޭގެ ހަތް ސަރަހައްދެއްގައި ޕަބްލިކް ވޯކްސްގެ ޔުނިޓް ޤާއިމުކުރެވިގެން މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި ރ. މާކުރަތުގައި ޕަބްލިކް ވާކްސްގެ ޔުނިޓެއް ގާއިމު ކުރުމަށް އިއުލާން ކުރައްވާފައިވާއިރު، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ޔުނިޓެއް ގާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
