
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ކުންފުނި ވިލާ ފައުންޑޭޝަނުން އދ. މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުގެ ހުއްދައަށް އެދިވަޑައިގެންފިއެވެ. މިކަމަށް އެދިވަޑައިގެން ގާސިމް ވަނީ ސީޕީއަށް އެޑްރެސްކުރައްވާ ސިޓީއެއް ފޮނުއްވާފައެވެ.
ގާސިމް އޭނާގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި މާމިގިއްޔަކީ އެ ރަށް އޮތް ރީޖަންގެ ހަތަރު އަތޮޅުގެ އާބާދީއަށް ބަލާއިރު އެންމެ ބޮޑު ރަށް ކަމަށާއި ބިމުގެ ގޮތުން ވެސް އެންމެ ބޮޑު އެއް ރަށެވެ. ހަމައެއާއެކު އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް މިރަށަކީ ވަށައިގެން ގިނަ ރިސޯޓުތަކެއް އޮތުމުން އެކި ޚިދުމަތް ހޯދުމަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށެއްކަން އެސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މާމިގިއްޔަކީ ވަޒީފާއާއި އެކިއެކި މަސައްކަތްތެރިން ހިމެނޭހެން ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެއް ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.
ޤާސިމް އިތުރަށް ވިދާޅުވީ ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އދ. އަތޮޅުގެ ކުށް ކުރާ ނިސްބަތްވްއެންމެ ގިނަ ރަށަކީ މާމިގިލި ކަމަށެވެ. އެހެންކަމުން، ފުލުހުންގެ ޚިދުމަތް ދިނުމަށް ރީޖަން ފެންވަރުގެ ސްޓޭޝަނެއް މާމިގިލީގައި ހުންނަންޖެހޭ ކަމަށް އެކި ފަހަރުމަތިން ވާހަކަދެކެވިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ. ގާސިމް ވިދާޅުވި ގޮތުގައި ފާއިތުވި ފަސް އަހަރުތެރޭ ފުލުހުންގެ މަރުކަޒެއް އެރަށުގައި އެޅުމަށް ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މަސައްކަތް ފެށިފައެއް ނުވެއެވެ. މިއާއެކު ގާސިމް ވަނީ ސީޕީ ހުއްދަ ދެއްވައިފިނަމަ އެރަށުގައި އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު ވިލާ ފައުންޑޭޝަންގެ ސްޕޮންސަޝިޕްގެ ދަށުން އިމާރާތްކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، އިމާރާތްކުރުމަށް ބޭނުންވާ ކުރެހުމާއި، އިމާރާތް ހެދުމަށް ސްޕޮންސަރޝިޕް ގަބޫލުކުރިކަމުގެ ލިޔުން ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
