
ބޮލީވުޑްގައި ބޮޑު މަގުބޫލުކަމެއް މިހާރު ހޯދަމުން އަންނަ ވިކީ ކޯލަޝް އެންމެ ފަހުން ކުޅެފައިވާ “ޗާއްވާ” ފިލްމުގައި އޭނާގެ އެކްޓިންނަށް ބަތަލާ އާލިއާ ބަޓް ތައުރީފްކޮށްފިއެވެ. އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ރަޝްމިކާ މަންދަނާ އާއި ވިކީ އެކުގައި ފެނިގެންދާ ފިލްމު ” ޗާއްވާ” ފިލްމު ނެރެފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގައެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމަށް ކްރިޓިކްސްގެ ފާޑު ކިޔުންތައް ލިބެމުން ދިޔަ ވިޔަސް ބެލުން ތެރިންގެ ބޮޑު މަގުބޫލުކަމެއް ފިލްމަަށް ދަނީ ލިބެމުންނެވެ.
އެގޮތުން އެ ފިލްމަށް މިހާތަނަށް 200 ކަރޯޑް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މި ފިލްމާއި ގުޅޭގޮތުން ބަތަލާ އާލިއާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ ވިކީގެ އެކްޓިން ވަރަށް ފުރިހަމަ ކަމަށެވެ. އަދި އޭނާއަށް އެ ފިލްމު ވަރަށް ކަމުދިޔަ ކަމަށްވެސް ބުނެފައި ވެއެވެ.
އެ ފިލްމުން ދައްކުވައިދެނީ ކުރީ ޒަމާނުގެ ރަސްކަލެއްގެ ވާހަކައެކެވެ. އެ ފިލްމުގައި ވިކީ ފެނިގެން ދަނީ ރަސްކަލެއްގެ ރޯލުންނެވެ. އަދި ރަޝްމިކާ ފެނިގެން ދަނީ އޭނާ ރާނީގެ ރޯލުންނެވެ. ފިލްމުން ބޮޑަށް ފެނިގެން ދަނީ ހަނގުރާމައިގެ މަންޒަރުތަކެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
