
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއާއެކު ކަންކަމާމެދު މަޝްވަރާ ކުރުމަކީ ބުއްދިވެރި އަދި ޝަރަފުވެރި ކަމެއް ވެސް ނޫން ކަމަށް އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ އީރާނާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް ބޭނުންފުޅުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ.
އެމެރިކާގެ ރައީސްގެ މަޤާމުގައި ޓްރަމްޕް ހުންނެވި ފުރަތަމަ ދައުރުގައި އޭނާ ވަނީ 2015ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ވެފައިވާ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކި ކޮށްފައެވެ. އެއަށް ފަހު އޭނާ ވަނީ އީރާނުގެ އިޤްތިޞާދު ފުނޑުފުނޑުވުމަށް މެދުވެރިވި ދަތިކުރުމުގެ ފިޔަވަޅުތަކެއް އެ ޤައުމާ ދެކޮޅަށް އަޅުއްވާފައެވެ. އެމެރިކާއިން އެ ގޮތަށް ޢަމަލު ކުރުމުން އީރާނުން ވަނީ ނިއުލްލިއަރ އެއްބަސްވުމާ ޚިލާފަށް ބައެެއް ޢަމަލުތައް ކުރަން ފަށައިފައެވެ.
ހުސްވި ޖަނަވަރީ މަހުގެ ތެރޭގައި އެމެެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންފައިވާ ޓްރަމްޕް މި ހަފްތާގެ ތެރޭގައި ވަނީ އީރާނާއެކު އައު ނިއުކްލިއަރ އެއްބަސްވުމެއް އަނެއްކާ ވެސް ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ އީރާނާ ދެކޮޅަށް ވެރިކަމުގެ ފުރަތަމަ ދައުތުގައި އޭނާ އެޅުއްވި ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާގެ ނިމުނު ސަރުކާރުން ލުއި ދީފައި ވަނިކޮށް, އަލުން ވެރިކަމާ ޙަވާލުވެވަޑައިގަންނަވާ އެ ފިޔަވަޅުތައް އިޢާދަ ކުރައްވާފައި ވެސް ވަނިކޮށެވެ. އީރާނާއެކު ރަނގަޅު އެއްބަސްވުމަކަށް އަންނަން ބޭނުންފުޅުވާ ކަމަށާއި އެއީ އެ އީރާނުގެ ރައްޔިތުން ދިރިއުޅުމައިގެން ކުރިއަށް ދެވޭނެފަދަ އެއްބަސްވުމަކަށް ވާން އެދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން ޚާމަނާއީ ވިދާޅުވީ ޓްރަމްޕްގެ ކުރީގެ ސަރުކާރަކީ ވަޢުދަށް ކަމޭހިތާފައިވާ ސަރުކާރެއް ނޫން ކަމަށެވެ. އެމެރިކާއާއެކު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށް ޙައްލު ހޯދަން މަސައްކަތްކުރުމަކީ ބުއްވިވެރި ކަމެއް ނޫންކަމަށާއި އޭގެ ސަބަބުން އެއްވެސް މައްސަލައަކަށް ޙައްލު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަން އެނގެނީ ކުރިން ކުރެވިފައިވާ ތަޖުރިބާއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އީރާނުން 2015ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމާ ހަމައަށް ވާސިލް ވީ އެމެރިކާއާއި އިތުރު ޤައުމުތަކާއެކު ދެ އަހަރަށް ދެމިގެންދިޔަ މަޝްވަރާތަކަކަށް ފަހުގައި ކަމަށް ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އީރާނުން ގިނަ ކަންތައްތަކެއްގައި އެމެރިކާއަށް ދޫދިން ނަމަވެސް އެމެރިކާއިން އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކޮށްފައި ނުވާ ކަމަށެވެ. ޓްރަމްޕަށް އިޝާރާތް ކުރައްވާ ޚާމަނާއީ ވިދާޅުވީ އެ އެއްބަސްވުން ރޫޅަލީ ކަންކަމާ ޙަވާލުވެ ހުންނެވި އިސް ފަރާތް ކަމަށެވެ.
ޚާމަނާއީ އިތުރަށް ވިދާޅުވީ އެމެރިކާއިން އީރާނަށް ޙަމަލާ ދީފިނަމަ އީރާނުން ވެސް އެމެރިކާއަށް އަމާޒު ކޮށް ޙަމަލާ ދޭނެ ކަމަށެވެ. އީރާނުގެ ސަލާމަތަށް ނުރައްކާ ކުރާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފިނަމަ ހަމަ އެ ގޮތަށް އީރާނުން ވެސް ޢަމަލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާއިން ދޭ އިންޒާރާ އެއް ގޮތަށް އެ ޤައުމުން ޢަމަލު ކޮށްފި ނަމަ އީރާނުން ވެސް ކަންތައް ކުރާނީ ހަމަ އެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މޭރުމުން ޚާމަނާއީ ވާހަކަ ދެއްކެވި ނަމަވެސް 2018ވަނަ އަހަރު އެމެރިކާގެ ސަރުކާރާ ސީދާ މުޢާމަލާމާތު ކުރުން މަނާ ކޮށްފައި އޮތް އޮތުމާ އެއްގޮތަށް އަލުން ޢަމަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވަފައެއް ނުވެއެވެ. އީރާނުގެ ސަރުކާރަށް ނިޞްބަތްވާ އިސް ބޭފުޅަކު ވިދާޅުވީ ދެ ޤައުމުގައި ދެމެދުގައި އޮތް މައްސަލަތައް ޙައްލު ކުރުމަށް އެމެރިކާއަށް ފުރުސަތެއް ދިނުމަށް އީރަނުން ތައްޔާރަށް އޮތް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
