
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ޣައްޒާގެ ބިމަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއް ކަމަށާއި، ޣައްޒާ އިން ރައްޔިތުން ބޭލުމަށް އެއްްވެސް ފަރާތުން ކުރާ އެއްވެސް ކަމަކަށް ރާއްޖެއިން ދުވަހުކުވެސް ތާއިދު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅެމުން އަންނަ ދެ މިލިއަން ރައްޔިތުން އެ ބިމުން ބާލުވައި އެ ތަން ވެރިކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވާހަކަ ދައްކާފައެވެ. ޓްރަމްޕް ބުނީ ޣައްޒާއާ އަވަށްޓެރި ގައުމުތައް ކަމަށްވާ މިސްރާއި އުރުދުން އިން ޣައްޒާގެ ރައްޔިތުން އެ ގައުމުތަކަށް ގެންދާ ތަން ދެކެން ބޭނުންވާ ކަމަށެވެ. ޣައްޒާގެ ރައްޔިތުން އެ ބިމުން ފައިބަން އެ ރައްޔިތުން ވެސް ބޭނުންވެފައި ތިބި ކަމަށާއި އެމީހުން ވެސް އެކަމާ އުފާކުރާނެ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.
ޓްރަމްޕް ބުނި ގޮތުގައި އިސްރާއީލްގެ ވައިގެ ހަމަލާތައް “މާދަމާ ވެސް ފެށިދާނެ”އެވެ. އަދި ޣައްޒާއަކީ “ތަޅާލަން ޖެހިފައިވާ ސައިޓެއް” ކަމަށް ވެސް އޭނާ ސިފަކުރިއެވެ. އެކަމަކު، ޓްރަމްޕް ބުނީ ޣައްޒާގައި އިސްރާއީލްގެ ރައްޔިތުން ވަޒަންވެރި ކުރުމަށް ތާއީދު ނުކުރާ ކަމަށެވެ. އެއީ ކޯލިޝަން ޕާޓީތަކުން އެދޭ ގޮތް ކަމަށް އޭނާ ބުންޏެވެ. މި ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ މުސްލިމް ގައުމުތަކާއި ހުޅަނގުގެ ބައެއް ގައުމުތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޣައްޒާގެ ރައްޔިތުންގެ ދިފާއުގައި އަބަދުވެސް ވާހަކަފުޅުދައްކަވާ ރައީސް ޑރ. މުއިއްޒު މިއަދު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވީ، ރާއްޖެ އަބަދުވެސް އިސްކުރާނީ އަމާންކަން ކަމަށާއި، އެހެން ޤައުމުތަކުގެބިންތައް ހިފައިގަތުމާއި، ފުރާނަޔަށް ގެއްލުންދިނުމާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ރާއްޖެ އެއްގޮތަކަށްވެސް ބަލައެއް ނުގަންނާނެ ކަމަށެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމައި، ރާއްޖޭން ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި އދ. އާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ގައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު ދިވެހި ރައްޖޭން ކޯ ސްޕޮންސަރކޮށްފާއިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ޢައްޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް. ޣާޒާއިން ފަލަސްތީން ރައްޔިތުން ބެލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ. އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރާނީ 1967ގެ ކުރީގެ ބޯޑަރު ތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމްއަކީ ފަލަސްތީންގެ ވެރިރަށްކަމުގައި ޤަބޫލްކޮށް، ފަލަސްތީންގެ ވަކި ދައުލަތެއް އުފެއްދުމަށް. އަދި ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީންގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނަން،”. ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެތައް ހާސް އަހަރެއްވި ގައުމީ ހަޔާތުގައި ދިވެހި ކާބަފައިން ހަވާލު ކުރި އެންމެ ދުވަސްވީ އަމާނާތަކީ ދިވެހި ދައުލަތުގެ ސިޔާދަތު ނުވަތަ ދިވެހީންގެ ކަންކަން ދިވެހީންގެ މަސްލަހަތާއި ސަލާމަތަށް ޓަކައި ދިވެހީން އަމިއްލައަށް ނިންމުމުގެ ފުރިހަމަ ބާރާއި އިހްތިޔާރު ކަމަށެވެ. އެހެންކަމުން މިއަދުވެސް އަދި މާދަމާވެސް އަދި އަންނަން އޮތް ޒަމާންތަކުގައި ވެސް، ރާއްޖޭގެ ހާރިޖީ ސިޔާސަތުބައްޓަންވެފައި އޮންނާންވާނީ ދިވެހި ދައުލަތުގެ ސިޔާދަތީ މިނިވަންކަމަށް ބުރޫ ނާރާނޭހެންކަން ކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ.
“ރާއްޖޭގެ އިޚްތިޔާރުގައި،ރާއްޖެއަށް ކުރިއެރުން ލިބޭ ހުރިހާ ޤައުމަކާ ގުޅުން ބަދަހިކުރެވެންވާނެ. އަބަދުވެސް އަވަށްޓެރި ޤައުމުތައް މުހިންމު ވާނެ. ހަމައެއާއެކު ބައިނަލްއަޤްވާމީ ޞުލްޙައާއި، އަމާންކަމާއިދިވެހި ޤައުމުގެ ކުރިއެރުމަށް މަގުފަހިވާ ގޮތަށް، ދެން ހުރި ޤައުމުތަކާއެކު ވެސް ގުޅިގެން މަސައްކަތް ކުރަންވާނެ،”. ރައީސް ވިދާޅުވެފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
