
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމުގެ ކުރިން އިޒްރޭލާ އެކު އާންމު އުސޫލުން ގުޅުމެއް ނުބާއްވާނެ ކަމަށް ސައޫދީ އަރަބިއްޔާއިން އަނެއްކާވެސް ބުނެފި އެވެ. “އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިރަށް ކަމަށް ކަނޑައަޅައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ސައުދީ އަރަބިއްޔާއިން ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދާނަން. އެކަން އެހެން ނުވަނީ އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމެއް ނުކުރާނެ،” ސައޫދީ ފޮރިން މިނިސްޓްރީން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ސައޫދީގެ މި ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށާއި މިކަމުގައި “އިތުރަށް މަޝްވަރާކުރުމެއް އަދި ދޫ ދިނުމެއް ނޯންނާނެ” ކަމަށެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން އާއި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެސް ފޮރިން ޕޮލިސީގައި އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ސައޫދީ އާއި އިޒްރޭލު ސިޔާސީ ގުޅުން ގާއިމުކޮށް އާންމު ހާލަތަށް ގުޅުން ބަދަލުކުރުން ހިމެނެ އެވެ.
މިކަމުގައި ސައޫދީއާ އެކު އެމެރިކާއިން މަޝްވަރާތައް ކުރިއަށް ގެންދަނިކޮށް އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށުމާ އެކު އެ ވާހަކަތައް ހުއްޓާލައި، ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ކުރިން އިޒްރޭލާ ގުޅުން ނުބޭއްވޭނެ ކަމަށް ބުނާ ބުނުން ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. ސައޫދީން މިފަހަރު މި ވާހަކަ ދެއްކީ ސައޫދީ އާއި އިޒްރޭލުން ރަސްމީކޮށް ގުޅުން ބާއްވަން ފެށުމަކީ “ހަމައެކަނި ވެދާނެ ކަމެއް” ނޫން ކަމަށާއި “އެކަން ވާނެ” ކަމަށް ބުނުމާ އެކުގަ އެވެ. އޭނާ މިހެން ބުނެފައިވަނީ އެމެރިކާއަށް ކުރި ދަތުރުގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވައިޓް ހައުސްގައި ބައްދަލުކުރުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ސައުދީ އަރަބިއްޔާއިން އިޒްރޭލު ބަލައިނުގަތް ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން ގެންދަނީ އެމެރިކާގެ ދިފާއީ އެއްބަސްވުމަކާއި މަދަނީ ނިއުކްލިއާ ޕްރޮގްރާމަކަށް އެމެރިކާއިން ދޭ އެހީގެ ބަދަލުގައި އިޒްރޭލާ ގުޅުން ބާއްވަން ފެށުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. އިޒްރޭލާ ގުޅުން ގާއިމު ނުކުރާނެ ކަމުގެ ޔަގީންކަމާ އެކު ސައޫދީން ވަނީ ފަލަސްތީނުގެ ޣައްޒާއިން މީހުން ބޭރުކޮށް އެތަން އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމަށް ޓްރަމްޕް ހުށަހެޅުއްވުމުން އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ސައޫދީން ބުނީ އެއީ ފަލަސްތީނު ރައްޔިތުންގެ އެންމެ އަސާސީ ހައްގުތައް ފޭރިގަތުން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
