
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
އެމެރިކާއިން ފަލަސްތީނުގެ ޣައްޒާގެ ކޮންޓްރޯލް ނަގައި އެތަނުން އެންމެން ނެރުމަކީ ނަސްލު ނައްތާލުން ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ދެކޮޅުހައްދަވައިފި އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވައިޓް ހައުސްގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އެމެރިކާއިން ޣައްޒާގެ “މިލްކުވެރިކަން” ދިގު މުއްދަތަކަށް ނަގައި މީހުން ބާލައި ހިތްގައިމު ތަނެއްގެ ގޮތުގައި ތަރައްގީކުރާނީ ކަމަށް ވިދާޅުވެފަ އެވެ. މިހާރު އެއީ އިންސާނުން ދިރިއުޅެންވާ ވަރުގެ ތަނެއް ނޫން ކަމަށާއި ރައްކާތެރިކަމެއް ވެސް ނެތް ކަމަށް، ޣައްޒާ ސުންނާފަތިކުރި އިޒްރޭލުގެ ބޮޑުވަޒީރާ އެކު، ބޭއްވި ޕްރެސްގައި ވިދާޅުވި އެވެ.
ޓްރަމްޕް މި ވާހަކަ ދެއްކެވީ ޣައްޒާގެ އާންމުން މިސްރާއި ޖޯޑަން އަށް ގެންދިއުމަށް އެ ގައުމުތަކުގެ ވެރިންނާ ވާހަކަ ދައްކަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވާތާ ދުވަސްކޮޅެއް ފަހުންނެވެ. ނަމަވެސް އެ ގައުމުތަކުން ވަނީ މާ ކުރިން ވެސް އެކަމަށް އިންކާރުކޮށްފަ އެވެ. “ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ އަމިއްލަ ބިމުގައި އިންސާނުންގެ ގޮތުގައި ދިރިއުޅުމަކީ އެ މީހުންގެ ކިބައިން ނިގުޅައިނުގަނެވޭނެ އެންމެ އަސާސީ ހައްގު،” ފަލަސްތީނު ރައްޔިތުންގެ ހައްގުތަކާ ގުޅޭ ކަންކަން ހަވާލުވެފައިވާ ކޮމިޓީގައި ދެއްވި ތަގުރީރުގައި ގުޓަރެސް ވިދާޅުވި އެވެ.
“އެކަމަކު ފެންނަމުން މި ދަނީ އެ ހައްގުތައް ވެސް އަތްނުފޯރާ ފަށަށް ބީވެގެން ދާ މަންޒަރު،” އޭނާ އިތުރަށް ވިދާޅުވި އެވެ. “ފެނުނީ ތަނެއްގެ ހުރިހާ ރައްޔިތުންގެ އިންސާނީ ކަރާމާތް ނަގާލައި އެއީ ވިޔާނުދާ ބައެއްގެ ގޮތުގައި ދައްކާ މަންޒަރު.” ގުޓަރެސް ވިދާޅުވީ ފަލަސްތީނުގެ ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާ ދިފާއުކޮށް ވާހަކަ ދެއްކޭނެ ހަމައެއް ނޯންނާނެ ކަމަށާއި ހަމަ އެގޮތަށް އޭގެ ބަދަލުގައި އިޒްރޭލުން ޣައްޒާ ބިމާ ހަމަކޮށް ރައްޔިތުންނަށް ކުރިމަތިކުރި ބަޔާންނުކުރެވޭ ބިރުވެރިކަމަކީ ވެސް ދިފާއުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޓްރަމްޕްގެ ހުށަހެޅުއްވުމާ ބެހޭ ގޮތުން އދ.ގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވަކިން ސުވާލު ކުރެއްވުމުން ވިދާޅުވީ “މަޖުބޫރުން މީހުން ބަދަލުކުރުމަކީ ނަސްލު ނައްތާލުން” ކަމަށެވެ. “ބައިނަލްއަގުވާމީ ގާނޫނުތަކުގެ އެންމެ އަސާސީ ކަންކަމަށް ތެދުވެރިކަމާ އެކު އަމަލުކުރުން ވަރަށް މުހިންމު. ނަސްލު ނައްތާލުމުގެ އަމަލުތަކާ ދުރުހެލިވާންޖެހޭ.”
ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބޭލުމުގެ ވާހަކައަށް ގައުމުތަކުން ދެކޮޅު ހަދައި އެ ވާހަކަ ކުށްވެރިކުރަން ފެށުމާ އެކު އެމެރިކާ ސަރުކާރުން ވަނީ ޓްރަމްޕް ދެއްކެވި ވާހަކަތަކުގެ ރާގު ބަދަލުކުރުމަށް މަސައްކަތްކޮށްފަ އެވެ. ޓްރަމްޕް ދެއްކެވީ ޣައްޒާ ބިނާކޮށް ނިމެންދެން ވަގުތީ ގޮތުން އެތަނުން މީހުން ނެރޭ ވާހަކަ ކަމަށާއި އެމެރިކާ ސިފައިން ފޮނުވުމުގެ ވާހަކައެއް ވެސް ނުދައްކަވާ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވި އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
