
ހުޅުމާލެ ދެވަނަ ފިޔަވަހީ ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އިން އިމާރާތްކުރި އިސްރަށްވެހިންގެ އިޖްތިމާއީ މަރުކަޒު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮމްޕަންޓާ ހަވާލުކޮށްފިއެވެ. އެޗްޑީސީން ވިދާޅުވީ “އިސްރަށްވެހިންގެ ނާދީ”ގެ ނަމުން ނަން ދީފައިވާ އެ އިމާރާތުގެ މަގްސަދަކީ އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މިނިވަން އަދި އެކުވެރި މުޖްތަމައެއް ބިނާކުރުން ކަމަށެވެ. އެތަން މިއަދު ވަނީ ރަސްމީކޮށް އާއިލާތަކާ ބެހޭ ވުޒާރާއާ ހަވާލުކޮށްފައެވެ.
އެ މަރުކަޒަކީ އެޗްޑީސީގެ ސީއެސްއާރު ޕްރޮގްރާމް ދަށުން ތަރައްޤީކޮށްފައިވާ ތަނެކެވެ. އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޤާއިމްކޮށްފައިވާ މި މަރުކަޒަކީ އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިންތިޒާމު ކުރެވިގެން ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބިނާކޮށްފައިވާ ތަނެކެވެ. އެ ތަން މިނިސްޓްރީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާއިލް އަލީ އެވެ. އިސްރަށްވެހިންގެ ހިތްހަމަޖެހުމާއި އެފަރާތްތަކަށް ބޭނުންވާ ކަންކަން ފުއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ އެމަނިކުފާނުގެ މުޙިއްމު ސިޔާސަތެކެވެ.
އެގޮތުން އަތޮޅު ތެރެއަށް ވަޑައިގަންނަވާ ދަތުރުފުޅުތަކުގައި ރަށްރަށުގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގެ ކުރީ ސަފުގައިވެސް އިސްރަށްވެހިން ތިއްބަވާކަން ފާހަގަކުރެވެ އެވެ. ވަޒީރުންވެސް ތިއްބަވަނީ އިސްރަށްވެހިންގެ ފަހަތު ގޮނޑި ބަރީގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
